ވިޔަފާރި

ވިހި މިނެޓުން ރަށަށް ދާން، އިތުރު ހަ އެއާޕޯޓު އަޅަން ޖެހޭ: އަސްލަމް

Dec 1, 2019
4
ޕްލޭނިން މިނިިސްޓަރު މުހައްމަދު އަސްލަމް-- ފޮޓޯ: މަޖިލީސް
0%
0%
0%

އެއާޕޯޓު ހުރި ރަށަކުން ފުރައިގެން ކަނޑުމަގުން ވިހި މިނެޓުން ދާން ބޭނުންނަމަ އިތުރު ހަ އެއާޕޯޓް އަޅަން ޖެހޭ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (މިއާ) ހުޅުވަން މިރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު އަސްލަމް ވިދާޅުވީ 20 މިނެޓުން ރަށަށް ދެވޭނެ ގޮތް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، މި އަމާޒަށް ވާސިލްވާން އިތުރު އެއާޕޯޓު ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ އިތުރު އެއާޕޯޓުތައް ރާއްޖޭގެ އެތަން މިތަނުގައި އަޅަން. މިހާރު މަސައްކަތް ކުރިއަށްދާ އެއާޕޯޓުގެ އިތުރުން އަދި ހައެއްހަ އެއާޕޯޓު އަޅަން ޖެހޭ. އުންމީދަކީ މި ސަރުކާރުގެ ކުރި އަށް އޮތް ދައުރުގެ ތެރޭގައި މި އެއާޕޯޓުތައް އެޅުން. އަޅުގަނޑުމެންނަށް އިތުރަށް އެއާޕޯޓް އަޅަން ޖެހޭ ތަންތަން ވަނީ ފާހަގަ ކުރެވިފައި،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވައިގެ ދަތުރުފަތުގެ ނިޒާމު ފުރިހަމަވަމުންދާއިރު، ކަނޑު ދަތުރު ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެހެންކަމުން މި ނިޒާމު ވަރުގަދަ ކުރަން ޖެހޭ ކަމަށާ، އަންނަ އަހަރު އެ މަސައްކަތް ކުރާނެ ކަމަށެވެ.

"މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެއާޕޯޓެއް ނޭޅޭނެ. ކޮންމެ ދުވަހަކު އެއްފަހަރު މީހުން ވައިގެ މަގުން ދަތުރެއް ނުކުރާނެ. ކޮންމެ ދުވަކު އެއްފަހަރު މީހުން އަރާނީ ޓެކްސީއަކަށް ނޫނީ ބަހަކަށް. ރާއްޖެ އުފެދިފައި އޮތް ގޮތުން ރަނގަޅު ޑޮމެސްޓިކް މެރިޓައިން ނިޒާމެއް ގާއިމް ކުރަން،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ވެރިކަން ބަދަލުވެ، ވެރިކަން ބަދަލުވިނަމަވެސް ދައުލަތް ބަދަލު ނުވުން ކަމަށެވެ.

"ކުރީގެ ސަރުކާރުން ރަނގަޅަށް ކޮށްފައި ހުންނަ ކަންތައްތަކަކީ ރޫޅާލަން ޖެހޭނެ ކަންތައް ތަކެއް ނޫން. ދަމަހައްޓައި އިތުރަށް ތަރައްގީ ކުރަން ޖެހޭ. އައްޑޫގައި 2008 ގައި އުފެދުނު ސަރުކާރުން ހެދި ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަށް ބަދަލު ކުރީ،" އަސްލަމް ވިދާޅުވި އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910