ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގައި އިހުތިޖާޖު ކުރަން ފަށައިފި އެވެ.
މަޖިލީހުގައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ތަމްސީލު ކުރައްވާ އަށް މެންބަރުން ތިއްބަވަ އެވެ. އޭގެ ތެރެއިން ހަތަރު މެންބަރަކު ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕޯސްޓަރުތައް ހިފައިގެން މަޖިލީހުގައި އަޑުގަދަ ކުރަން ފަށައިފަ އެވެ.
އިދިކޮޅުން މުޒާހަރާ ކުރަމުން ދިޔަ ނަމަވެސް ޖަލްސާ އާންމު އުސޫލުން ކުރިޔަށް ގެންދިޔުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ މެންބަރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރައީސް ނަޝީދާއި މެންބަރުން ވާހަކަ ދައްކަވާއިރު ހެޑްސެޓް އަޅައިގެން މަސައްކަތްތައް ބަހުސް ކުރިޔަށް ގެންދެ އެވެ.
"އިހުތިޖާޖު ކުރައްވާ އެއްވެސް މެންބަރުން ފިޔަވާ އެހެން މެންބަރުން އެއްވެސް ވާހަކަ ނުދައްކަވަން ވަރަށް އިލްތިމާސް ކުރައްވަން. ހިނިފުޅުވެސް ނުވެޑުވުން އަޅުގަނޑަށް މަސައްކަތް ކުރެވޭނެ ގޮތަށް ކުރިޔަށް ގެންދަވަން މަސައްކަތް ހާއްސަކޮށް އެމްޑީޕީގެ މެންބަރުން އެއްވެސް ވާހަކައެއް ނުދައްކަވަން އަޅުގަނޑު ވަރަށް ބޮޑަށް އެދެން،" އިހުތިޖާޖު ކުރަމުން ދިޔަ ވަގުތު ރައީސް ނަޝީދު ވިދާޅުވި އެވެ.
އިހުތިޖާޖު ކުރަމުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ބަހުސްގައި ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އެކަމާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން ވެސް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އެގޮތުން ބަހުސްގައި ބައިވެރިވެވަޑައިގަތުމަކީ އިހުތިޖާޖަށް ވެސް އޮތް ލަދެއް ކަމަށް ބައެއް އެމްޑީޕީ މެންބަރުން ވަނީ ވިދާޅުވެފަ އެވެ. އަދި ބަހުސްގެ ތެރެއިން ވެސް ރައީސް ނަޝީދު ވާހަކަ ދައްވަކަމުން ވަނީ އިހުތިޖާޖުގައި ވަރެއް ނެތުމުން ޓީވީ ބަލާ ފަރާތްތައް ހިތްހަމަ ނުޖެހިފައި ހުރި ކަމަށް ވެސް ވިދާޅުވެފަ އެވެ.
މަޖިލީހުގައި އިހުތިޖާޖު ކުރުމަކީ ޕީޕީއެމް-ޕީއެންސީ ކައުންސިލުން ފާސް ކުރި ކަމެކެވެ.