ހަބަރު

މައި ކޮލެޖުގެ ސީއީއޯއަކަށް މުހައްމަދު ހަލީމް

މަތީ ތައުލީމުގެ ގިނަ ކޯސް ތަކެއް ހިންގާ، މައި ކޮލެޖުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް މުހައްމަދު ހަލީމް ހަމައްޖައްސައިފި އެވެ.

ހަލީމް މި މަގާމަށް އައްޔަން ކޮށްފައިވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ބޭއްވި މައި ކޮލެޖުން ބޭއްވި ތިން ވަނަ ލީޑާސް ސަމިޓުގަ އެވެ.

މި ސަމިޓުގައި މައި ކޮލެޖުގެ ސީނިއާ މެނޭޖްމެންޓުގެ އިސް ހުރިހާ ބޭފުޅުން ބައިވެރިވި އެވެ. މި ސަމިޓުގެ ތެރެ އިން ވަނީ މައި ކޮލެޖު ދެ އަހަރުގެ ސްޓެރެޖެޓިކް ޕްލޭން ވެސް ތައްޔާރުކޮށްފަ އެވެ. ސީއީއޯގެ މަގާމަށް އައްޔަން ކުރެވުނު މުހައްމަދު ހަލީމް ވަނީ ކުރިން މައި ކޮލެޖުގެ ވައިސް ރެކްޓާގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

ތައިލެންޑުގައި ބޭއްވި މައި ކޮލެޖުގެ މި ސަމިޓުގައި ރާއްޖޭގައި ހިންގާ މައި ކޮލެޖުގެ ކެމްޕަސްތަކުގެ މެނޭޖަރުން ވެސް އައްޔަން ކޮށްފަ އެވެ. އެގޮތުން ހދ. ކުޅުދުއްފުށީ ކެމްޕަސް މެނޭޖަރަކަށް އަހްމަދު ފަހީމް އައްޔަން ކޮށްފައިވާއިރު، ނ. ހޮޅުދޫ ކެމްޕަހަށް މުމްތާޒް އިބްރާހިމް އަދި ރ. މީދޫ ކެމް ޕަހަށް އިބްރާހިމް ރަޝީދު ހަމަޖެއްސިއިރު، ގއ. ވިލިނގިލި ކެމްޕަހަށް އަލީ ހަސަންގެ އިތުރުން ލ. ގަމު ކެމްޕަހުގެ މެނޭޖަރަކަށް އަހްމަދު ފަހީމް އައްޔަން ކޮށްފައިވެ އެވެ.