ހަބަރު

ރައީސް އޮފީހަށް 35 އައިޕެޑް ޕްރޯ ހޯދަނީ

Dec 2, 2019

ރައީސް ޖުމްހޫރިއްޔާގެ އޮފީހުގެ ބޭނުމަށް 35 އައިޕެޑް ޕްރޯ ހޯދައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.

ރައީސް އޮފީހުން ގެޒެޓުގައި ކުރި އިއުލާނެެއްގައި ބުނެފައިވަނީ، ރައީސް އޮފީހަށް ބޭނުންވަނީ ރިހި ކުލައިގެ އައިޕެޑް ޕްރޯގައި 65 ޖީބީ އަދި ސްމާޓް ކަވަރެއް ހުންނަ ވާނެ ކަމަށެވެ. މިއީ ރައީސް އޮފީހުން އައިޕެޑް ޕްރޯ ހޯދަން އިއުލާންކުރި ދެ ވަަނަ ފަހަރެވެ. ފުރަތަމަ ފަހަރުގެ އިއުލާނަށް އެކަށިގެންވާ ތަރުހީބެއް ލިބިފައިނުވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

މިއަދު ކުރި ދެ ވަނަ އިއުލާނުގައި އިތުރަށް ވާގޮތުން، އައިޕެޑް ޕްރޯ ރައީސް އޮފީހަށް ހޯދައިދޭން ބޭނުންވާ ފަރާތްތަކަށް އިތުރު މައުލޫމާތު މިމަހު ހަތަރު ވަަނަ ދުވަހުގެ ނިޔަލާ ހަމައަށް ލިބެން ހުންނާނެ އެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އޮންނާނީ މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖެއިން އައިޕޮޑް ޕްރޯގެ 65 ޖީބީ އާންމުކޮށް ވިއްކާ އަގަކީ 16،500 އެވެ. އެހެންކަމުން 35 އައިޕެޑް ޕްރޯއަށް 577،500 ރުފިޔާ އަރާނެ އެވެ.