ސައުތު އޭޝިއަން ގޭމްސްގައި، ބޫޓާނާ ދެކޮޅަށް ކުޅުނު ޓެނިސްގެ ޓީމު އިވެންޓްގެ ދެވަނަ ސެޓްގައި ރާއްޖޭގެ އަބްދުﷲ ފާއީ ފަޒީލު (ފާއީ) އަށް އަނިޔާވެ ސެޓްގެ މެދުތެރެއިން އޭނާ މެޗާ ވަކި ވާން ޖެހުމަކީ ރާއްޖެއަށް ކުރިމަތިވި ބޮޑު މައްސަލަ އެކެވެ.
ޓީމު އިވެންޓްގައި ބުޓާން ގެ މައްޗަށް ކުރި ހޯދުނު ނަމަ ރާއްޖެއަށް ލޯ މެޑަލްއެއްގެ ފުރުސަތު ބޮޑުވީހެވެ. ފިރިހެން ސިންގަލްސް މެޗުގައި މޮޅަށް ކުޅުނު ފާއީއަށް އަނިޔާ ވުމަކީ ކުރިއަށް ހުރި ސިންގަލްސް އިވެންޓްތަކަށް ދާއިރު ރާއްޖެއަށް ކުރިމަތި ވާނެ މައްސަލަ އެކެވެ.
ދެވަނަ ސެޓްގެ މެދުތެރެއިން ފާއީ ވަކިވިއރު ލީޑްގައި ވެސް އޮތީ އޭނާ އެވެ. ފުރަތަމަ ސެޓަށް ފަހު ވެސް ގޭމްސްގެ މެޑިކަލް ޓީމުން ފާއީއަށް ފަރުވާ ދީފައި ވެއެވެ
ޓެނިސްގެ މެޑިކަލް ޓީމުގެ ފިޒިއޯ ފާއީއަށް ފަރުވާ ދެމުން ދިޔައިރު އޭނާއަށް ރޮވި ގިސްލެވެން ވެސް ފެށުނެވެ. ފުރަތަމަ ސެޓްގައި ލިބުނު އަނިޔާއަށް ފަހުވެސް އޭނާ މެޗު ކުރިއަށް ގެންދެވޭތޯ ބެލީ ރާއްޖޭގެ ޓެނިސްގެ ހަޔާތުގައި މުހިންމު މެޗަކަށް ވުމުންނެވެ.
"މައްސަލައަކީ މި ކުޅުންތެރިން ފިނީގައި ކުޅެން ޖެހުން، ދިވެހި ކުޅުންތެރިންނަށް މއުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވޭ." ގައުމީ ޓެނިސް ޓީމުގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާ ނޭޕާލްގެ ކޯޗް ބުންޏެވެ.
ފާއީ އަށް ކުރިމަތި އަނިޔާއާއެކު މުޅި ޓީމު ތިބީ އޭނާ ގާތުގަ އެވެ. ތަޖުރިބާކާރު ކުޅުންތެރިޔާ އަލީ ފާރިސް މުހައްމަދު ކޯޓް ކައިރިން ބައްދަލުވެގެން ބުނީ، ފާއީއަކީ ގިވްއަޕް ކުރާނެ ކުޅުންތެރިޔެއް ނޫން ކަމަށެވެ. ވެ