ސައުތު އޭޝިއަން ގޭމްސް

ސާއިދު ރަން މެޑަލް ހޯދައިފި

ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ އެއް ވަނަ ދުވުންތެރިޔާ ހަސަން ސާއިދު ރަން މެޑަލް ހޯދައިފި އެވެ.

ސައުތު އޭޝިއަން ގޭމްސްގެ 35 އަހަރުވީ ތާރީހްގައި ރާއްޖެއަށް ފުރަތަމަ ރަން މެޑަލެއް ހޯދައިދިން ސާއިދު މިއަދު ހޯދި މެޑަލް އަކީ މިފަހަރުގެ ގޭމްސްގައި މިހާތަނަށް ރާއްޖެއިން ހޯދި ފުރަތަމަ މެޑަލްވެސް މެ އެވެ. ނޭޮޕާލްގެ އެންމެ ބޮޑު ސްޓޭޑިއަމް، ކަތަމަންޑޫގެ ދަސްރަތު ސްޓޭޑިއަމްގައި މިއަދު ބޭއްވި ފައިނަލ؛ު އިވެންޓް ސާއިދު ނިންމީ 10.49 ސިކުންތުންނެވެ.