ސައުތު އޭޝިއަން ގޭމްސް

ބަންގާޅާ އެއްވަރުވެ ރާއްޖެއަށް ފުރުސަތު ހަނިވެއްޖެ

ނޭޕާލުން: ހުސައިން ހަބީބު
Dec 3, 2019

ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓްގައި މިއަދު ބަންގުލަދޭޝް އާ ދެކޮޅަށް ކުޅުނު މެޗުންވެސް އެއްވަރުވެ، ފައިނަލަށް ދިއުމުގެ ފުރުސަތު ރާއްޖެއަށް ހަނި ވެއްޖެ އެވެ.

މެޗު ނިމުނީ 1-1 ން އެއްވަރުގެންނެވެ. މެޗުގައި ފުރަތަމަ ލީޑް ނެގީ އިއްޔަ ބޫޓާން އަތުން ބަލިވި ބަނގުލަދޭޝް ޓީމުންނެވެ. ފުރަތަމަ ހާފުގައި އެ ޓީމުން ޖެހި ލަނޑަކީ ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އިއްޔަ ރާއްޖެ އާއި ބަންގުލަދޭޝް ވަނީ މުބާރާތުގައި ދެ ޓީމުގެ ފުރަތަމަ މެޗުގައި ކުޅެފަ އެވެ. ދެ ވަނަ މެޗަށް ދެ ޓީމުވެސް ނުކުތީ ރެސްޓެއް ނެތި އެވެ. އެންމެ ފަހުން ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ތިން ވަނަ ހޮވި މެޗުގައި ވަނީ ބަލިވެފަ އެވެ.

ދެ ވަނަ ހާފުގައި ރާއްޖެއަށް، މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) އެވެ. އޭގެ ފަހުންވެސް ލަނޑުޔ ޖަހާޏެ ފުރުސަތުތައް ރާއްޖެއަށް ލިބުނެވެ. އިއްޔަ ލަންކާ އާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ރާއްޖެއަށް ދިމާވި މައްސަލަ އަކީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުމެވެ.


އޭގެ ފަހުންވެސް ބަންގުލަދޭޝް އިން ރާއްޖޭގެ ގޯލަށް ބޯޅައެއް ވައްދާލި ނަމަވެސް ރެފްރީ ނިންމީ އެއީ ލަނޑެއް ނޫން ކަމަށެވެ. ރެފްރީގެ ނިންމުމާ ބަންގުލަދޭޝގެ ބެންޗުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާލު ކުރި އެވެ.

މުބާރާތުގެ ފައިނަލަށް ދާނީ އެންމެ ގިނަ ޕއޮިންޓް ހޯދާ ދެ ޓީމެވެ. ތާވަލުގައި މިހާރު އޮތް ގޮތުން އެއް ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ނޭޕާލެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި މިއަދު ބޫޓާން އަތުން މޮޅުވީ 4-0 ންނެވެ. ތާވަލުގެ ދެ ވަނައިގައި އޮތީ ބޫޓާން އެވެ.