ޑރ. މުހައްމަދު ޖަމީލް އަހުމަދު

ރިޔާސަތަށް އިހުތިޖާޖުގެ އަޑު އަހާލަންވެސް ނުކުރޭ: ޖަމީލް

ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު: އެމްޑީޕީގެ މެންބަރުންނަށް ވަނީ ފާޑުވިދާޅުވެފައި --
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ފެންނަނީ ހުދުމުހުތާރުކަން ކަމަށާއި، އިހުތިޖާޖު ކުރުމުގެ އަޑު އަހާލަންވެސް ކެރިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުުރުމާ ގުޅިގެން މަޖިލީހުގެ ޖަލްސާތަކުގައި އިދިކޮޅު މެންބަރުން ގެންދަނީ އިހުތިޖާޖު ކުރަމުންނެވެ. މަޖިލީހުގެ ޖަލްސާތަކުގައި އިހުތިޖާޖުކޮށް އަޑުގަދަކޮށް ނިޒާމު ގެއްލުވާލަން މަސައްކަތް ކުރުމުން މެންބަރުންގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނެރެ އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ އިދިކޮޅު ހަތް މެންބަރެއްގެ ނަން އިއްވާ މަޖިލީހުން ބޭރުކޮށްފަ އެވެ. އަދި މަޖިލީހުގެ ޗެންބަރަށް ވަދެވެން ހުންނަ ދެ ދޮރު ތަޅުމަށް ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަންގަވާފަ އެވެ.

އެކަމަށް ފާޑުވިދާޅުވަމުން ޖަމީލް ވިިދާޅުވީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ދެއްކީ ހުދުމުހުތާރުކަން ކަމަށް ބުނެ އެކަންކަން ބަދަލުކުރަން ވަޑައިގެންނެވި ބޭފުޅުންގެ ފަރާތުންވެސް ފެނިގެންދަނީ ހުދުމުހުތާރު ކަން ކަމަށެވެ. އަދި މިހާރު ބާރު ލިބުމުން އިހުތިޖާޖުގެ އަޑު އަހާލަންވެސް ކެރިވަަޑައިނުގެންނެވި ކަމަށް ވިދާޅުވެ އެމްޑީޕީގެ މެންބަރުންނާއި، މަޖިލީހުގެ ރައީސަށް ޖަމީލް ފާޑުވިދާޅުވި އެވެ.

"މަޖިލީހުގެ ރިޔާސަތުން ހުދުމުހުތާރުކަން ދެއްކި ކަމަށް ބުނި ފަރާތްތަކުގެ ރިޔާސަތުގައިވެސް މިފެންނަނީ ހަމަ އެ މަންޒަރު. ބާރު ލިބުމުން ފުދިގެން އަޑުއަހާލަންވެސް ނުކުރޭ. އިހްތިޖާޖްކުރުމުގެ ހައްގު ހޯދައިދިން ކަމަށް ބުނާ ފަރާތްތަކުން އުޅެނީ ބިރުން. ޑިމޮކްރަސީގެ ލޭބަލް އަށްވެސް ހުތުރު،" އެމްޑީޕީގެ މެންބަރުންނާއި ނަޝީދަށް އިޝާރަތްކުރައްވާ ޖަމީލް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ޝަރީއަތަކީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށާ އަދި ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވާފައިވަނީ އިންސާފުން ބޭރުން ކަމަށް ވިދާޅުވެ އެމަނިކުފާނު މިނިވަން ކުރުމަށް އިދިކޮޅު މެންބަރުން މަޖިލީހުގައި ވަނީ ގޮވާލާފައެވެ. މިއަދުގެ ވޯޓް ގަޑީގައި ޕީޕީއެމް/ޕީއެންސީ މެންބަރުން ވަނީ އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑްތައް ހިފައިގެން މަޖިލީހުގައި އަޑުއުފުލާފައެވެ.

ހަތް މެންބަރުންގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނެރެފައިވަނީ ނަސޭހަތް ދިނުމަށްފަހު ގައެވެ.

10 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910