ހަބަރު

ކަޅުތުއްކަލާ ކޮށީގައި މިއަދު ބަޑި ޖަހަނީ!

ސިފައިންގެ މަރުކަޒު، ކަޅުތުއްކަލާ ކޮށީގައި ހިންގާ ތަމްރީނެއްގައި މިއަދު ބަޑި ޖަހާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފް ބުނީ ބަޑި ޖެހުމުގެ ތަމްރީނު ކުރިއަށް ދާނީ މިއަދު ހަވީރު 4:00 އިން ފެށިގެން އެއް ގަޑިއިރަށް ކަމަށެވެ.

ތަމްރީނެއްގައި މިއަދު ބަޑި ޖަހަން ނިންމާފައިވާއިރު މިދިޔަ މަހު ސިފައިންގެ އަސްކަރީ ތަމްރީނުތަކަށް ހާއްސަ ގިރިފުށީގައި ބަޑިއާއެކު ހިންގި ތަމްރީނުތަކެއްގައި ބަޑި ޖަހަނިކޮށް އެ ސަރަހައްދުގައި އޮތް ސަފާރީއެއްގައި ހުރި ޖަރުމަނު މީހެއްގެ ގަޔަށް ވަޒަން އަރައި އަނިޔާވެފައި ވެއެވެ.

އެ ހާދިސާއަށްފަހު އެމްއެންޑީއެފުން ވަނީ ގިރިފުށީގައި ހިންގާ ތަމްރީނުތަކުގައި ލައިވް ވަޒަން ބޭނުން ކުރުން ވަގުތީ ގޮތުން ވަނީ ހުއްޓާލާފަ އެވެ.