ހަބަރު

މުންނާރު ސާފުކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

މާލޭގެ ހުކުރު މިސްކިތުގެ މުންނާރު ސާފްކޮށް ރީތިކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވާލައްވައިފި އެވެ.

މުންނާރު ސާފު ކުރުމުގެ މަސައްކަތާއި ހުކުރު މިސްކިތް ހަރިންމަތެރޭގައި ހުންނަ ވަޅުތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާ އެވެ.

މުންނާރު ސާފްނުކޮށް ހަޑިވެފައި ހުންނަތާ ގިނަދުވަސްވެ ހައިބަތު ގެއްލިފައިވާ ކަމަށްބުނެ ވަރަށް ގިނަ މީހުން ވަނީ ސަރުކާރަށް ފާޑު ކިޔާފަ އެވެ. މި ފާޑު ކިޔުންތަކަށް ޖަވާބު ދެމުން ހެރިޓޭޖް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުކުރު މިސްކިތުގެ މުންނާރު ސާފު ނުކުރެވި ހުރީ ވިއްސާރަވުމާއި ގުޅގެން ކަމަށެވެ.