ވިޔަފާރި

ކޮމޯ ކޮކޯއާ އައިލެންޑް އަންނަ މަހު ހުޅުވަނީ

Dec 5, 2019

މަކުނުފުށީގައި ތަރައްގީކޮށްފައިވާ، ކޮމޯ ކޮކޯއާ އައިލެންޑް ބޮޑު މަރާމާތަކަށްފަހު އަންނަ މަހު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ކޮމޯ ކޮކޯއާ އައިލެންޑް ސައިޓުގައި މި ރިސޯޓު ހުޅުވާނެކަން ވަނީ އިއުލާނުކޮށްފަ އެވެ.

މާލެ އިން ފުރައިގެން 40 މިނެޓުން ދެވޭ ރާސްތާގައި ތަރައްގީކޮށްފައިވާ ކޮމޯ ކޮކޯ އައިލެންޑުގައި 32 އޯވަ ވޯޓާ ވިލާ ހުރެ އެވެ.

ބޮޑު މަރާމާތަކަށްފަހު އަލުން ކޮމޯ ކޮކޯ އައިލެންޑް ހުޅުވާއިރު، ރިސޯޓުގެ ގިނަ ފެސިލިޓީ ތަކަށް ވަނީ ބޮޑެތި ބަދަލު ތަކެއް ގެނެސްފަ އެވެ. މީގެ އިތުރުން ކޮޓަރިތަކަށްވެސް ބޮޑު ބަދަލެއް ގެނެސްފައިވެ އެވެ. މީގެތެރޭގައި ކޮޓަރިތަކުގެ ސައިޒު ބޮޑުވެ ތަނަވަސް ކުރުން ހިމެނެ އެވެ.

ކޮކޯއާ އައިލެންޑް 2002 ވަނަ އަހަރު ހުޅުވިއިރު، އެ ރަށްވެފައިވަނީ ރާއްޖޭގައި އޭރު ހުޅުވި ފުރަތަމަ ޕްރައިވެޓް އައިލެންޑަށެވެ.