އެޓާނީ ޖެނެރަލް

ޖިނާއީ އިޖުރާތުގެ ގާނޫނު އިސްލާހު ކުރަނީ

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސް އޮފީހަށް ފޮނުވައިފި އެވެ.

އޭޖީ އޮފީހުން މިއަދު ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބޭނުމަކީ ޖިނާއީ އިޖްރާތުގެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، އެ ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާއި، އެ ގާނޫނުގައި އިތުރަށް ބަޔާންކުރަންޖެހޭ އިޖުރާއަތްތައް ކަނޑައެޅުމާއި އެ ނޫންވެސް އެ ގާނޫނުގައި ފުރިހަމަކުރުމަށް ހުރި މުހިންމު ކަންކަން ފުރިހަމަ ކުރުން ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ ވިދާޅުވެފައެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މިހާރުވާ ގޮތުން ތަހުގީގައި ހައްޔަރުކޮށްފައި ބެހެއްޓޭނެ ވަކި މުއްދަތެއް ކަނޑަައަޅާފައިވީ ނަމަވެސް ޓެރަރިޒަމް އާއި ދައުލަތުގެ މަސްލަހަތާ ގުޅޭ ބޮޑެތި މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހާ ތަހުގީގު ނިމި ޝަރީއަތް ނިމެންދެން ބަންދު ކުރަން ޖެހެ އެވެ.

އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ތެރެއިން އެ ޖާގަ ޕްރޮސެކިއުޓާ ޖެނަރަލަށާއި ފުލުހުންނަަށް އަދި ޝަަރުއީ ކޯޓުތަކަށް ވެސް ލިބޭ ގޮތަށް ގާނޫނު ބަދަލު ކުރަންޖެހޭ ކަމަށް ސެޕްޓެންބަރު މަހުގެ ނުވަވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލްވުމެއްގައި ރައީސް ވިދާޅުވި އެވެ.