ސައުތު އޭޝިއަން ގޭމްސް

ގޭމްސްގައި ޝޫޓިންއިން ގައުމީ ދެ ރެކޯޑް

ނޭޕާލުން: ހުސައިން ހަބީބު
Dec 6, 2019

ނޭޕާލްގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޝޫޓިން ޓީމުގެ އަންހެން ދެ ޝޫޓަރުން ގައުމީ ދެ ރެކޯޑެއް ހަދައިފި އެވެ.

ގައުމީ ރެކޯޑް އެންމެ ފުރަތަމަ ހެދީ އެއާރ ރައިފަލް ކެޓަގަރީން އާސިފާ ޖައުފަރު (އާސީ) އެވެ. އެއާ ރައިފަލް 10 އެމްގެ އަންހެން ކޮލިފިކޭޝަންގައި އޭނާ ވަނީ 589.3 ށް ޖަހާފަ އެވެ. ކުރިންވެސް އެ ރެކޯޑް އޮންނަނީ އޭނާ އަތުގަ އެވެ. އެއީ މިދިޔަ މަހު ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި އޭޝިއަން ޝޫޓިން ޗެމްޕިއަންޝިޕްގަ އެވެ. ގަތަރުގެ މުބާރާތުގައި އާސީ ވަނީ 574.3 ށް ޖަހާފަ އެވެ.

މި ގޭމްސްގައި ދެން ގައުމީ ރެކޯޑެއް ހެދީ، އަންހެން 10 އެމް އެއާ ޕިސްޓޯލް ކެޓަގަރީގައި ޝޫޓު ކުރި ރިއުޝާ މުހައްމަދެވެ. މި ފަހަރުގެ ގޭމްސްގައި އޭނާ ޖެހީ 546 ށެވެ. އެ ރެކޯޑް ކުރިން އޮތީ އޭނާ އަތުގަ އެވެ. އެއީ އިންޑޮނޭޝިއާގައި މިދިޔަ އަހަރު ބޭއްވި އޭޝިއަން ގޭމްސްގަ އެވެ. އެ މުބާރާތުގައި އޭނާ ރެކޯޑް ހެދީ 531 ށް ޖަހައިގެންނެވެ

މި ގޭމްސްގައި ރާއްޖޭގެ 14 ޝޫޓަރުން ވާދަ ކުރެ އެވެ. ޝޫޓިންގައި ރާއްޖެއަށް އޮތް އެންމެ ބޮޑު ގެންޖެހުމަކީ ރާއްޖޭގައި ތިބެގެން ތަމްރީން ހެދޭނެ ފުރުސަތު ނެތުމެވެ.