ހަބަރު

މާލެ ސިޓީ ކައުންސިލުން އަންހެނުންނަށް ހަ ގޮނޑި

މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ތެރެއިން -- ފައިލް ފޮޓޯ | އަވަސް
0%
0%
0%

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި، ކައުންސިލްތަކުގެ ތިން ބައި ކުޅަ އެއްބައި އަންހެނުންނަށް ހާއްސަ ކުރުމުން މާލެ ސިޓީ ކައުންސިލުގައި އަންހެނުންނަށް ހާއްސަކޮށް ހަ ގޮނޑި ހިމެނޭނެ ކަމަށް އިލެކްޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް މިއަދު ވަނީ ލޯކަލް ކަައުންސިލް އިންތިހާބުގައި ސިޓީ ތަކުގެ ގޮނޑިތައް ބަހާފައިވާ ގޮތް މިއަދު އާއްމުކޮށްފަ އެވެ.

ޝަރީފް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު މާލޭސިޓީ 18 ދާއިރާ އަށް ބެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން، ކައުންސިލްތަކުގެ އިންތިހާބުގައި މާލެ ސިޓީން މޭޔަރާއެކު 19 ގޮނޑި އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގައި 18 ގޮނޑި ހިމެނޭނެ ކަމަށެވެ.

އަދި، އައްޑޫ ސިޓީ ކައުންސިލުގައި މޭޔަރާއެކު 13 ގޮނޑި ހިމެނޭއިރު، އަންހެނުން ކޮމެޓީ އަށް 10 ގޮނޑި ހިމެނޭނެ އެވެ. މީގެ އިތުރުން، ފުވައްމުލަކު ސިޓީ ކައުންސިލަށް މޭޔަރާއެކު ހަތް މެންބަރުން އިންތިހާބު ކުރާއިރު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގައި ތިބޭނީ ހަ މެންބަރުން ކަމަށް އިލެކްޝަނުން މިއަދު ބުންޏެވެ.

ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބައި އަންހެނުންނަށް ހާއްސަ ކުރުމުން މާލޭ ސިޓީ ކައުންސިލްގައި އަންހެނުންނަށް ހާއްސަ ހަ ގޮނޑި ހިމެނޭ އިރު އައްޑޫ ސިޓީން ހަތަރު ގޮނޑި އާއި ފުވައްމުލަކު ސިޓީ ކައުންސިލުން އަންހެނުންނަށް ތިން ގޮނޑި ހާއްސަ ވާނެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އޮންނަނީ އަންނަ އަހަރުގެ އޭޕްރީލް ހަތަރެއްގަ އެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ދަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345