ސައުތު އޭޝިއަން ގޭމްސް

ކުރިކެޓް: ބޫޓާން ބަލިކޮށް ބްރޮންޒް މެޑަލް މެޗަށް

ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ކްރިކެޓްގައި ބޫޓާންގެ މައްޗަށް ކާމިޔާބު ހޯދައި ރާއްޖޭގެ ގައުމީ ޓީމު ބްރޮންޒް މެޑަލް މެޗަށް ކޮލިފައި ވެއްޖެ އެވެ.

ބްރޮންޒް މެޑަލް މެޗު ނުވަތަ މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި މާދަމާ ރާއްޖެ ނުކުންނާނީ، މުބާރާތް ބާއްވާ ގައުމު ނޭޕާލް އާ ދެކޮޅަށެވެ. އިއްޔެ ބޫޓާން އާ ދެކޮޅަށް ކުޅުނު މެޗު ރާއްޖެއިން ކާމިޔާބު ކުރީ އަށް ވިކެޓުންނެވެ.

މެޗުގެ ޓޮސް ދިމާވުމުން ރާއްޖެއިން ގަސްތު ކުރީ ހޮވުމަށެވެ. ރާއްޖެއިން ބޯލަރުންގެ ހަމަލާތަކުން ބޫޓާންގެ ދެ ކުޅުންތެރިން ނުބައި ކޮށްލި އެވެ. ކުޅެން އަރައި ބޫޓާން ހަތް ވިކެޓުން 117 ލަނޑު ހެދި އެވެ. ބޫޓާންގެ ކެޕްޓަން ޖިގްމީ ސެންޔޭ 40 ލަނޑު ހެދި އެވެ.

ޖަވާބުގައި ރާއްޖެއިން ކުޅެން އަރައި 15.1 ވިކެޓްގައި 118 ލަނޑު ހެދި އެވެ. ރާއްޖޭގެ އާދަމް ނާސިފް އުމަރު (އާދަޅޭ) 37 ލަނޑު ހެދި އެވެ. އަޒުޔާން ފަރުހަތު 22 ލަނޑު ހެދި އެވެ. އެންމެ ބޮޑަށް ފާހަގަވީ 62 ލަނޑު ހެދި އަހްމަދު ހަސަން އެވެ.