ހަބަރު

ޗައިނާގެ އެހީގައި ހުޅުމާލޭ ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކަށް ސެންޓަރެއް ހުޅުވަނީ

ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ހުޅުމާލޭ ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކަށް ހާއްސަ ސެންޓަރެއް ހުޅުވަން ނިންމައިފި އެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ބުނީ އަންނަ ޖެނުއަރީ މަހުގެ ކުރީކޮޅުގައި މި ސެންޓަރު ހުޅުވައި، ލޮލުގެ ބަލިތަކަށް ހާއްސަކޮށްގެން ކޭމްޕެއް ބާއްވާނެ ކަމަށެވެ.

ޗައިނާޣެ މެޑިކަލް ޓީމާ ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން ބާއްވާ މި ކޭމްޕްގައި، ލޮލުގެ ފުސްކެހުމާއި، ގްލައުކޯމާ، ހަކުރުބަލީގެ ސަބަބުން ލޮލަށް ލިބޭ ގެއްލުންތައް، ލޮލުގެ ކޮއެގެ ތަފާތު ބަލިތައް އަދި ނަންބަރު އައިނު ނަގައިދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

އެ ހޮސްޕިޓަލުން ބުނީ މި ކޭމްޕްގައި ބައިވެރިވާން ބޭނުންވާ ބަލިމީހުން މިހާޜު ސްކްރީން ކުރަމުންދާ ކަމަށެވެ. އަދި ސްކްރީން ކުރުމަށް 1417 އަށް ގުޅައިގެން ސްކްރީން ކުރުމަށް އެޕޮއިންޓްމަންޓް ހެދޭނެ ކަމަށްވެސް ހުޅުމާލޭ ހޮސްޕިޓަލުން ބުނެ އެވެ.

ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ހުޅުވާ ލޮލުގެ ބަލިތަކަށް މި ހާއްސަ ސެންޓަރުގައި ޗައިނާގެ މެޑިކަލް ޑޮކްޓަރުން ފަރުވާދޭނެ ކަމަށްވެސް ހުޅުމާލެ ހޮސްޕިޓަލުން ބުނެ އެވެ.