ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވައިރަސް ފެތުރިއްޖެ ނަމަ ފުނަދޫ އައިސޮލޭޝަން ރަށަކަށް

ތެޔޮ ރައްކާ ކުރާ ފުނަދޫ. ވައިރަސް ފެތުރިއްޖެ ނަމަ މި ރަށުގައި އައިސޮލޭޓް ކުރުމަށް ވަނީ ނިންމާފަ -
66.7%
33.3%
0%

ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރި ފުޅާ ވެއްޖެ ނަމަ، މާލެ ކައިރީ އޮތް ފުނަދޫގައި އައިސޮލޭޝަން ފެސިލިޓީ އެއް ގާއިމް ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގަައި މިރޭ ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ދުނިޔޭގައި މި ވައިރަސް ފެތުރެމުންދާ މިންވަރާ އަޅާ ބަލާފައި އިތުރު ފިޔަވަޅެއްގެ ގޮތުގައި ފުނަދޫ އައިސޮލޭޝަން ރަށެއްގެ ގޮތުގައި ހެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ރަށުގައި މިހާރު ހުސްކޮށް ހުރި ޖާގަ މިކަމަށް ބޭނުން ކުރުމަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރަށް، އެ ވައިރަސް ހުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ފެނިއްޖެ ނަމަ ޑަބްލިއުއެޗްއޯ އާ ގުޅިގެން ޓެސްޓު ކުރުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ކޮރޯނާ ވައިރަހަށް ސްކްރީން ކުރުން ހަރުދަނާ ވާ ވަރަކަށް މީހުންނާ ސުވާލު ކުރުންވެސް އިތުރުވާ ކަމަށެވެ. އަދި މި ކަމުގެ ތެރޭގައި އެއާޕޯޓުގައި ތާމަލް ކެމެރާ އިން ޓެސްޓުކޮށް ސުވާލު ކުރާ މީހުންނަކީ ބައްޔަށް ޝައްކު ކުރެވޭ މީހުން ނޫން ކަމަށާއި މިއީ ސްކްރީން ކުރުމުގެ ކަންކަން ވަރުގަަދަ ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.

"އެއާޕޯޓުގައި ބެހެއްޓިފައި ހުރި ކެމެރާ އިން ދެނެގަންނަނީ މީހާގެ ބޮޑީ ޓެމްޕަރޭޗާ. އެއަށް ބަލާފައި ފުރަތަމަ ކުރަންޖެހޭ ސުވާލުތައް އަދި ފުރަތަމަ އިންވެސްޓިގޭޝަންގެ ތެރެއިން އައިޑެންޓިފައި ކުރާނީ ޓެސްޓުތައް ކުރަންޖެހޭތޯ"

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖެ އަށް މި ހާލަތު ދިމާވެއްޖެ ކަމުގައި ވާނަމަ ފަންނީ މީހުންނާއި ރިސޯސްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރުގެ ހާލަތަށް ބަލާއިރު ރާއްޖެ އޮތީ ޕެނިކް ވާން ޖެހޭ ހާލަތެއްގައި ނޫން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ބާރު ސްޕީޑެއްގައި ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު މި ވައިރަސް ޖެހިގެން މިހާތަނަށް 40 މީހުން ވަނީ މަރުވެފަ އެވެ. އަދި އެކި ގައުމުތަކުން 1،700 އަށް ވުރެ ގިނަ މީހުންގެ ގައިން އެ ވައިރަސް މިހާރު ވަނީ ފެނިފަ އެވެ. ޗައިނާގެ އިތުރުން 10 ގައުމަކުން މި ވައިރަސް ވަނީ ފެނިފަ އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އހްމަދ

ވަރަށް ރަނގަޅު

އަދް

ﷲ ގެ ކުލަދުންވަންތަކަމާ، ކުރީދުވަހެއްގަ ޗައިނާ މީީހުން އުޅުނީ ކީރިތި ޤްރްއާން އާ އެއްފަަދަ ފޮތެއް ހަދަން ، މިހާރު އެމީހުން އުޅެނީ މާތް ﷲ ގެ މުއިޖިޒާރުން ސަލާމަތް ނުވެގެން

އުބޭ

މިހާރުވެސް ތިޔަބުނާ ވައިރަސް އަރާފަރިބި ދެފަތުރުވެރިން ހުޅުމާލެ ހޮސްޕިޓަލުގައި ކަރަންޓީންކިރެވިފައި ވާކަމަށް ޙަބަރުލިބޭ.. އަދި ފަތުރުވެރިކަމަށް ގެއްލުންވެދާނެތީ ބިރުން އެކަން ސިއްރުކޮއްގެން އުޅޭވާހަކަ އަޑުއިވޭ.. އަމީންތިޔަ އުޅެނީ އެމްއެމްއާރު ވެކްސިނާ ހިތާވެގެން.. އިސްތިއުފާދީފަ ގޭގައޮވެބަލަ

ރަންނަ

އެއްވެސް ރަށެއް ހުސްކޮށް ނޫނީ ޕަބްލިކަށް ނުބާއްވައި ބޭނުންކުރުމުގެ ނަތީޖާ ވަރަށް ހިތިވެދާނެ. ކުޑަބަނޑޮސަ ހުސަކޮށް އޮތްނަމަ އެރަށް ބޭނުން ކުރެވުނީސް. ފުނަދޫ ބޭނުން ކުރަން ވެއްޖިއްޔާ އެތަނުގަ މަސައްކަތް ކުރާ މުއައްޒުފުންނަށް ކިހިނެއްތޯ ހަދަނީ.؟ އެރަށުގެ މަސައްކަތް ހުއްޓިއްޖިއްޔާ ގައުމު ހުއްޓޭ ގޮތަށް ކަންކަން ބައްޓަންވެފަ ހުރީ. އެހެން އެއްވެސް ތާކު ތެޔޮ ރައްކާކޮއްފައެއް ނެތް.

ފާ

ކުޑަ ބަނޑޮސް ވިއްކާލީ ޔާމިނު

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910