ރައްޔިތުންގެ މަޖިލިސް

މަޖިލިސް ރައީސް، ލޮކް ސަބާގެ ރައީސާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގެ ތިރީގެ، ލޯކް ސަބާގެ ރައީސް ޝްރީ އޯމް ބިރްލާއާ ބައްދަލުކުރައްވައިފި އެވެ.

އެ ދެ ބޭފުޅުން ބައްދަލް ކުރައްވާފައިވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެ، ލޮކްސަބާއާއި ރައްޖޭގެ މަޖިލީހާއެކު ބަރުލަމާނީ ގުޅުން ބަދަހި ކުރުމުގެ ގޮތުން މެމަރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ގައި ސޮއި ކުރުމަށް މަޖިލީހުގެ ވަފުދަކާއެކު ރައީސް ނަޝީދު މިހާރު އިންޑިއާ ކުރައްވަމުން ގެންދަވާ ދަތުުރުފުޅުގައެވެ. މި ބައްދަލްވުމުގައި ސިޔާސީ ޕާޓީތައް ތަމްސީލް ކުރުމަށް އިންޑިއާއަށް ވަޑައިގެންނެވި މެންބަރުންވެސް ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލްވުމަށްފަހު މަޖިލީހުގެ އިދާރީ މުވައްޒިފުންނަށް ތަމްރީން ދިނުމާއި، ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއްގައި ދެ ބޭފުޅުން ވަނީ ސޮއިކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަފުދު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީސް ކުރާ ގެއަށްވެސް މިއަދު ވަނީ ޒިޔާރަތްކުރައްވާފައެވެ.

"އެގްރީމެންޓް ފޯ ކޯޕަރޭޝަން ބިޓްވީން ލޮކަސަބާ އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އެންޑް ދަ ޕީޕަލްސް މަޖިލިސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" ގެ ނަމުގައި ގާއިމު ކުރާ އެއްބަސްވުމުގައި މަޖިލީހުން ސޮއި ކުރުމަށް 68 މެންބަރުންގެ ވޯޓުން ވަނީ ފާސްކޮށްފަ އެވެ.