ސައުތު އޭޝިއަން ގޭމްސް

ސެމީ ފައިނަލުގައި ނޭޕާލާ ދެކޮޅަށް ވަރުގަދަ ފައިޓެއް

ނޭޕާލުން: ހުސައިން ހަބީބު
Dec 9, 2019

ސައުތު އޭޝިއަން ގޭމްސްގެ އަންހެން ބާސްކެޓްބޯޅަ ސެމީ ފައިނަލުގައި ރާއްޖެއިން މުބާރާތް ބާއްވާ ގައުމު ނޭޕާލާ ދެކޮޅަށް ވަރުގަދަ ފައިޓެއް ދީފި އެވެ.

ނޭޕާލުން މެޗު ކާމިޔާބު ކާމިޔާބު ކުރީ 13 ޕޮއިންޓްގެ ތަފާތަކުންނެވެ. ސެމީ ފައިނަލުން ބަލިވި ނަމަވެސް ރާއްޖެއަށް ގޭމްސްގައި މެޑަލް ހޯދުމުގެ ފުރުސަތު އެބައޮތެވެ. ތިން ވަނަ ހޮވާ މެޗުގައި މާދަމާ ހެނދުނު ރާއްޖެއިން ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެގެން ރާއްޖެއަށް ލޯ މެޑަލް ހޯދޭނެ އެވެ.

މިއަދު ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ކުއާޓާގައި ނޭޕާލާ ހަތަރު ޕޮއިންޓާ ރާއްޖެ ގާތް ކުރި އެވެ. އެ ކުއާޓާ ނޭޕާލުން ކާމިޔާބު ކުރީ 19-13 އިންނެވެ. ދެ ވަނަ ކުއާޓާގައި ނޭޕާލުން 16 ޕޮއިންޓް ހޯދައި ޖުމުލަ ޕޮއިންޓް 35 ޕޮއިންޓް ހޯދި އެވެ. އެވެ. އެ ކުއާޓާގައި ރާއްޖެ 27 ޕޮއިންޓް ހަމަ ކުރި އެވެ.

ދިވެހި ޓީމަށް އުނދަގޫ ކުރިމަތިވީ ތިން ވަނަ ކުއާޓާގަ އެވެ. އެ ކުއާޓާގައި 20 ޕޮއިންޓް ހޯދައި ނަތީޖާގެ ފަރަގު 17 ޕޮއިންޓަށް ފުޅާ ކުރި އެވެ. ހަތަރު ވަނަ ކުއާޓާގައި ނޭޕާލާ ވަރަށް ގާތަށް ރާއްޖެ ދިޔަ އެވެ. ނޭޕާލުން އަލުން ލީޑް ފުޅާ ކުރީ އެ ޓީމުން ކާމިޔާބު ކުރި ފްރީ ތުރޯ ތަކުންނެވެ. އެ ކުއާޓާގައި އެންމެ ގިނަ ޕޮއިންޓް ހޯދީވެސް ރާއްޖެއިންނެވެ. އެ ކުއާޓާގައި އެކަނި 17 ޕޮއިންޓް ހޯދި އެވެ. ނޭޕާލަށް ހޯދުނީ 13 ޕޮއިންޓެވެ. އެހެންނަމަވެސް ތިން ވަނަ ކުއާޓާގައި ނޭޕާލުން ގިނަ ޕޮއިންޓްތަކެއް ހޯދުމުން ނަތީޖާ ހަމަހަމަ ކުރެވޭ ގޮތެއް ނުވި އެވެ.

ރާއްޖެއަށް ނާކާމިޔާބު ވުމުން ދިވެހި ކުޅުންތެރިންގެ މޫނުމަތިން މާޔޫސްކަން ފެނުނެވެ. އެހެންނަމަވެސް އެ ކުޅުންތެރިންނަށް މާދަމާ މެޑަލްއަކާ ވަރަށް ގާތަށް ދެވިއްޖެނަމަ އެއީ ސައުތު އޭޝިއަން ގޭމްސްގައި އަންހެން ބާސްކެޓްބޯޅަ ޓީމަށް މިހާތަނަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބަށް ވާނެ އެވެ.