މޯލްޑިވްސް ޕޮލިސް ސާވިސް

ހޮވައިގެން ގެނެސްފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދަނީ

Dec 11, 2019

މަގުމަތިން ހޮވައިގެން ގެނެސްފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ މި ފައިސާތަކަކީ މިމަހުގެ ހަތަރުވަނަ ދުވަހުގެ ވަގުތެއްގައި އުސްފަސްގަނޑު ސަރަހައްދުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާތަކެއް ކަމަށެވެ.

ހޮވައިގެން ގެނެސްފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ފުލުހުން ނުބުނެއެވެ. ފުލުހުން ވަނީ ފައިސާގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރަށް ގުޅައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ހާޒިރުވެ ފައިސާއާ ހަވާލުވުމަށް އެދިފައެވެ.