ވިޔަފާރި

ގަލްފުން އަންނަ ޓޫރިސްޓުން އިތުރު ކުރަން މަސައްކަތް ފަށައިފި

Aug 24, 2015

ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގައި ހިމެނޭ ގައުމުތަކުން އަންނަ ޓޫރިސްޓުން އިތުރު ކުރުމުގެ މަސައްކަތް ކުރަން، ރާއްޖޭން ރޯޑްޝޯވްއެއްގައި ބައިވެރިވެއްޖެ އެވެ.

ރާއްޖޭން މި ރޯޑްޝޯވްގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރޭގައި މޯލްޑިވްސް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި އަދާރަން ރިސޯޓު، އަނަންތަރަ ކިހަވަށް ރިސޯޓާއި ކޮސްމޯ ހޮޓެލްސް އަދި ކްރައުން ކޮމްޕެނީ ހިމެނެ އެވެ. މީގެ އިތުރުން ލެޓްސްގޯ މޯލްޑިވްސް އާއި ލޯމާ ރިސޯޓް، ހުވަފެންފުށި ރިސޯޓު އަދި ރިއެއްލޯ ޓްރެވަލްސް ހިމެނެ އެވެ. މީގެ އިތުރުން ސަން ޝިޔާމް ރިސޯޓާއި ސްޕްލިންޑެޑް އޭޝިޔާ އަދި ސްޓާވުޑް މޯލްޑިވްސް އާއި ޓްރިވް މޯލްޑިވްސް އަދި ވިލާ ޓްރެވަލްސް ހިމެނެ އެވެ.

މި އަހަރުގެ ޖެނުއަރީން މަހާއި ފެބްރުއަރީ މަހުގެ ނިޔަލަށް ޖީސީސީގައި ހިމެނޭ ގައުމުތަކުން އައި ޓޫރިސްޓުން ރާއްޖޭގެ ޓޫރިޒަމްގެ 2.9 ޕަސެންޓް ހިއްސާކޮށްފައިވެ އެވެ. މިދިޔަ އަހަރާ އަޅާބަލާއިރު މި ސަރަހައްދުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 14.7 ޕަސެންޓް އިތުރުވެފަ އެވެ.