އެމްއާރުއެމް

މައުމޫންގެ މަޝްވަރާ ކޮމިޓީ އެކުލަވާލައިފި

މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ އިންތިގާލީ ރައީސް، ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މަޝްވަރާ ކޮމިޓީ އެކުލަވާލައިފި އެވެ.

ކޮމިޓީ އެކުލަވާލައިފައިވަނީ 12 މެމްބަރުންގެ މައްޗަށެވެ. އެ ބޭފުޅުންގެ ތެރޭގައި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކޮށްދެއްވި ބޭފުޅުން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ނިޝާން އިއްޒުންދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު، އައްބާސް އިބްރާހީމްގެ އިތުރުން ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ހިމެނިވަޑައިގަންނަވައެވެ.

ދެން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ގައުމީ އިނާމު ކޮމިޓީގެ މެމްބަރުންނާއި، އަދި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރައްވަމުން ގެންދަވާ ރަހީމާ އާދަމް، ހެލްތް މިނިސްޓީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރުގެ އިތުރުން ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި މައުމޫންގެ އާއިލީ ބޭފުޅެއް ކަމަށްވާ ވަފާ ވަހީދު މުހައްމަދުގެ އިތުރުން އާއިޝަތު ޝިހާމާ އެވެ. އަދި ފުޓްބޯޅަ ކޯޗު އަލީ ސުޒެއިންގެ އިތުރުން ފިލްމީ ތަރި ނިއުމާ މުހައްމަދާއި، ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެމްބަރެއް ކަމުގައިވާ މޫމިނާ އާދަމްގެ އިތުރުން ވިޔަފާރިވެރިޔާ އިސްމާއިލް މާޖިދު އަދި މުހައްމަދު އަފީފް ހުސައިންނެވެ..