ސިއްހަތު

ދުވަސް ފަށަން މި ސްމޫތީ ބޯލާ

Aug 25, 2015
1

މިއީ ގަދަޔަށް ކާން ބޭނުންނުވާ މީހުންނަށާއި ހެނދުނުގެ ނާސްތާ ނެގުމުން ފަލަ ވެދާނެ ކަމުގެ ބިރު ހިތުގައި އޮންނަ މީހުންނަށް ރަނގަޅު ގޮތެކެވެ.

އަހަރުމެންގެ ތެރެއިން ގިނަ މީހުންނަކީ ކޮންމެ ދުވަހެއްގެ ފެށުމަކަށް ކޮފީ ނޫނީ ސައި ބޯން އާދަވެފައި ތިބޭ މީހުންނެވެ. އަދި ހެނދުނުގެ ނާސްތާ ނަގާއިރު ތަރުކާރީ އަދި މޭވާ ފަދަ ތަކެއްޗަކީ ދިވެހިންނާއި ތަންކޮޅެއް ބީރައްޓެހި އެއްޗަކަށް ވެދެ އެވެ. ނަމަވެސް ކުރީގެ އާދަތައް ދޫކޮށް ދުޅަހެޔޮ ދިރިއުޅުމަކަށް ލޯބިކުރަން އެބަޖެހެ އެވެ. ތަރުކާރީ އާއި މޭވާ ހެނދުނު ކާން ފޫހިވާނަމަ "ސްމޫތީ" މިއީ އެފަދަ މީހުންނަށް އެންމެ ރަނގަޅު އެެއްޗެވެ.

މިއީ މޭވާ އާއި ތަރުކާރީގެ ބާވަތްތަށް ބޭނުންކޮށްގެން ބުރަ މަސައްކަތެއް ނުކޮށް ތައްޔާރުކޮށްލެވޭނެ މީރު އަދި ހުރިހާ ގޮތަކުން ވެސް ހަށިގަނޑަށް ފައިދާހުރި ބުއިމެކެވެ.

އެގޮތުން ނާސްތާގެ ގޮތުގައި ބުއިމަށް ހަށިގަނޑަށް ފައިދާހުރި ދެ ސްމޫތީއެއް ހަދާލާނެ ގޮތް ތިރީގައި މިވަނީ އެވެ.

ދޮންކެޔޮލަކީ ނިއުޓްރިޝަން ގިނަ އަދަދަކަށް ހިމެނޭ އެއްޗަކަށް ވުމުގެ އިތުރުން ފެޓްސްވެސް ގިނަ އަދަދަކަށް ހިމެނޭ މޭވާ އެކެވެ.

ދޮންކެޔޮ ކުދިކޮށް ކޮށާލުމަށްފަހު ޗިއާ ސީޑް ފިޔަވައި ދެން ހުރި ހުރިހާ އެއްޗެއް ބްލެންޑާއަށް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. ޗިއާ ސީޑްސް ސްމޫތީ ބުއިމަށް އަޅާ ތަށީގެ ތެރެއަށް އެޅުމަށްފަހު ގިރާލި ސްމޫތީ ތައްޓަށް އަޅާށެވެ. މިއީ ތުއްތުކުދިންނަށް ވެސް ދޭން ރަނގަޅު ބުއިމެއްކަމުން، ރަހަ މީރުކޮށްލަން ބޭނުންނަމަ ކުޑަ ޗޮކްލެޓްކޮޅެއްވެސް އެޅިދާނެ އެވެ.

ހެނދުނު ހޭލުމާއެކު އެންމެ މުހިންމީ ހޭލާތާ ގަޑިއިރެއްގެ ތެރޭގައި ނަސްތާކުރުން ކަމަށްވާއިރު، ރަނގަޅު ނާސްތާއެއް ނަގަން އާދަވެފައި ނެތް މީހުން މިފަދަ ހަށިގަނޑަށް ބޭނުންވާ މާއްދާ ހިމެނޭ ބުއިމެއް ދުވަހުގެ ފެށުމަކަށް ރަނގަޅެވެ.