ވިޔަފާރި

ޖަޕާން ޓޫރިސްޓުން އިތުރުކުރަން ޓޯކިޔޯގައި ހަރަކާތްތަކެއް ފަށައިފި

Aug 25, 2015

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން ހާއްސަ ސަގާފީ ހަރަކާތް ތަކެއް އެމްއެމްޕީއާރުސީން ފަށައިފި އެވެ.

ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގައި ސަގާފީ ކުޅިވަރުތައް ބާއްވާފައިވެ އެވެ.

އެމްއެމްޕީއާރުސީން ބުނީ އަންނަ އަހަރު ފާހަގަ ކުރާ "ވިޒިޓް މޯލްޑިވްސް އިޔާ" ޕްރޮމޯޓްކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި ހަރަކާތް ކުރިއަށް ގެންދިނުމަށް ހަމަޖެހިފައިވަނީ 26-28 ގެ ނިޔަލަށް ކަމަށެވެ. މި ހަރަކާތްތައް ޓޯކިޔޯގެ އެކި ހިސާބުތަކުގައި ހަފުތާއެއްހާ ދުވަހަށް ކުރިއަށް ދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. ޖަޕާނުގައި ކުރިއަށް ގެންދާ ސަގާފީ ހަރަކާތްތަކުގެ ތެރޭގައި ބޮޑުބެރާއި ސަގާފީ އެކި ނެށުންތައް ހިމެނެ އެވެ.

ޖަޕާނަކީ ރާއްޖެއަށް އެންމެ ގިނައިން ފީނަން އަންނަ ޓޫރިސްޓުން ޒިޔާރަތްކުރާ އެއް ގައުމެވެ. ޖޫން މަހު އެކަނިވެސް ޖަޕާނުން 2،228 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.