ވިޔަފާރި

މުށިމަސް މިގިލި ވިއްކާލަނީ

Dec 19, 2019
1

ސަފާރީ އައިލެންޑް ހިންގާ އއ. މުށިމަސް މިގިލި ވިއްކާލުމުގެ ގޮތުން، މައްސަލައެއް އޮތް ތޯ ބަލަން އާއްމުކޮށް އިއުލާނުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީ ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން، ޔޮޓް މެރީނާއެއް ގޮތުގައި ތަރައްގީކޮށް ހިންގަން އެ މިނިސްޓްރީ އިން ކުއްޔަށްދޫކޮށްފައިވާ އއ. މުށިމަސް މިގިލި (ސަފާރީ އައިލެންޑް) ލީސް އެގްރީމަންޓްގެ ދަށުން އެ ރަށް ކުއްޔަށްހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްގުތައް އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދަ އަށް އެދިފައިވާ ކަމަަށެވެ.

އެ މިނިސްޓްރީން ބުނީ މި އިއުލާނާ ގުޅިގެން، އެ ރަށާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ މި އިއުލާނުގެ ތާރީހުން 14 ދުވަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީއަށް ލިޔުމަކުން އަންގައިދުމަށް އެދޭ ކަމަށެވެ.

ސަފާރީ އައިލެންޑްގެ ނަމުގައި މަޝްހޫރު ވެފައިވާ މި ރަށް ވިއްކާލަން ތައްޔާރުވެ، އާއްމުކޮށް އިއުލާނު ކުރިނަމަވެސް ވިއްކާލާ އަގާއި ވިއްކާލަނީ ކޮން ބަޔަކާ ކަމެއް ނޭނގެ އެވެ.

ރާއްޖޭގައި ރިސޯޓުތައް ވިއްކުމަކީ އާއްމު ކަމެވެ. މިގޮތުން ދާދިފަހުންވެސް ރާއްޖޭގެ މަޝްހޫރު ގިނަ ރިސޯޓުތަކެއް ވިއްކާފައިވެ އެވެ.