ހަބަރު

މޯލްޑިވް ގޭހުގެ ހުޅުމާލޭ އިމާރާތުގެ މަސައްކަތް ފަށައިފި

Jan 4, 2015

ހުޅުމާލޭގައި ހަދާ މޯލްޑިވް ގޭހުގެ ހަތަރު ބުރީގެ އިމާރާތު ބިންގާ އަޅައިފި އެވެ.

މިއަދު ހަވީރު އެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވައި މަސައްކަތް ފައްޓަވައިދެއްވީ މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫނެވެ. މިއަދު މަސައްކަތް ފެށި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަލާފް ޕްރައިވެޓް ލިމިޓެޓަށެވެ. އެއީ  120 ދުވަސް ތެރޭ ނިންމާ ގޮތަށެވެ. މި މަސައްކަތަށް  ހަތަރު މިލިއަން ރުފިޔާގެ ހޭދަ ކުރެއެވެ.

އޭނާ މިއަދު ވިދާޅުވީ ހުޅުމާލޭގެ އާބާދީ އިތުރުވަމުން ބޮޑުވަމުންދާއިރު އެ ކުންފުނީގެ އިމާރާތެއް ހުޅުމާލޭގައި ހުރުމުން ގޭސް ޑިސްޓްރިބިއުޝަން  ވަރަށް ބޮޑަށް ފުޅާ ކުރެވޭނެ ކަމަށާއި އެ އާބާދީއަށް ފަހިކޮށް ގޭސް ފޯރުކޮށްދެވޭނެ ގޮތްތައް ހޯދަންޖެހޭ ކަމަށެވެ.