ހަބަރު

ފިރިހެނަކާ ތިން ކުދިން ދަތުރުކުރަމުންދިޔަ ޑިންގީއެއް ގެއްލިގެން ހޯދަނީ

ފިރިހެނަކާ ތިން ކުދިން ދަތުރުކުރަމުންދިޔަ ޑިންގީއެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފްގެ އިސް ތަރްޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ މާމިގިލިން ފުރައިގެން ފީއައްޔަށް ދަތުރުކުރި ޑިންގީ އެއްގެ ހަބަރެއް ނުވެގެން އެކަން ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ޑިންގީއަކީ ދިގުމިނުގައި 20 ފޫޓު ހުރި، ފިޔާތޮށި ކުލަ ލާފައިވާ ޑިންގީއެކެވެ.

“މި މައުލޫމާތު ލިބުނީ 16:53 އެހާކަންހާއިރު. އެ ޑިންގީގަައި ތިބީ ފިރިހެނަކާ ތިން ކުދިން ކަމަށް މައުލޫމާތު ލިބިފައިވަނީ” އާޒިމް ވިދާޅުވިއެވެ.

އެ ގިންޑީ މާމިގިލިން ފުރީ މިއަދު 14:15 އެހާކަންހާއިރުއެވެ. އޭގައި ތިބި ތިން ކުދިންގެ ތެރެއިން ދެ ކުއްޖަކީ ޑިންގީގައި ހުރި ފިރިހެން މީހާގެ ދެ ކުދިންނެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ މޫސުން ވަރަށް ގޯސް ދުވަސްވަރެކެވެ. އދ އަތޮޅުން ތ އަތޮޅަށް ވަނީ ޔެލޯ އެލާޓްވެސް ނެރެފައެވެ.