ހަށިގަނޑުގެ ބައްޓަމާއި ގުޅޭ ހެދުމެއް ލުމާއި އެއްވަރަށް އެމީހެއްގެ މޫނާ ގުޅޭ ގަހަނާ ބޭނުން ކުރުމުން ރީތިކަން ވަކިން ބޮޑަށް ފާޅުވާނެ އެވެ. ސަބަބަކީ އެހެން މީހެއްގެ ނަޒަރު އެމީހަކަށް ހުއްޓޭއިރު އެންމެެ ފުރަތަމަވެސް ލޮލުގައި އަޅައިގަންނާނީ އެެމީހެއްގެ މޫނުކަމަށް ވުމުންނެވެ.
ޕާޓީއަކަށް ނުވަތަ އެނޫންވެސް ހަފްލާއަކަށް ދާން ހެދުމާއި ގުޅޭ ގަހަނާތައް ގަންނައިރު ގިނަ މީހުން ބަލަނީ އަބަދުވެސް ލޮލަށް ރީތި ފަށާއި ކަންފަތުލާއެއްޗިހި ގަނެވޭތޯ އެވެ. ނަމަވެސް މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ރީތި ހެދުމެއް ލައިގެން ހަށިގަނޑުގެ ރީތިކަން އިތުރަށް ފާޅުކުރަން ބޭނުންނަމަ މޫނުގެ ބައްޓަމާއި ގުޅޭ ގަހަނާ ބޭނުންކުރުމަކީ މުހިންމު ކަމެކެވެ.
އެހެންކަމުން މިފަހަރު މި ބަލާލަނީ މޫނުގެ ބައްޓަމާއި ގުޅޭގޮތަށް ކަންފަތުލާ މުންޖާ ފަށް ހޯދާނީ ކިހިނެއްތޯ އެވެ
މޫނު ވަށްކޮށް ހުންނަ މީހަކާއި އެންމެ ގުޅޭނީ ކަރަށް ވުރެ ތަންކޮޅެއް ތިރިއަށް އޮންނަވަރުގެ ފަށެކެވެ. އަދި ކަންފަތުލާ އެތި ވާންޖެހޭނީ ޗާންދަލިޔާ އިއަރިންގް އެއް ނުވަތަ ދިގުކޮށް ހުންނަ ފަތި ބައްޓަމަކަށް ދާ ކަހަލަ ކަންފަތު ލާ އެއްޗަކަށެވެ. ނަމަވެސް ވަށް މޫނެއް ހުންނަ މީހުން ދަތްދޮޅިއަށް ވުރެ ތިރިއަށް އެލިފައި ހުންނަ ދިގު ކަންފަތުލާ އެއްޗިއްސެއް ނުގުޅޭނެ އެެވެ. ސަބަބަކީ އެމީހުންގެ ކޯ މާބޮޑު ކަމަށް ދައްކާތީ އެވެ. އެހެންކަމުން ކަންފަތުލާ އެއްޗެއް ގަންނައިރު އެންމެބޮޑަށް ބަލަންޖެހޭނީ އޭގެ ދިގު މިނަށެވެ. ހަމައެއާއެކު ވަށްކޮށް ހުންނަ ބޮޅު ޒާތުގެ ކަންފަތުލާ އެއްޗިހި ވެސް ވަށް މޫނު ހުންނަ މީހަކާ ނުގުޅޭނެ އެވެ. ނަމަވެސް ކަންފަތުގައި ޖަހާ އެކި ޒާތުގެ އެކި ޝޭޕްތަކުގެ ސްޓަޑް ފަދަ ތަކެތި ވަރަށް މި ވައްތަރުގެ މޫނާއި ގުޅޭނެ އެވެ. އެގޮތުން ޓިއާ ޑްރޮޕެއްގެ ބައްޓަމަށް ހުންނަ ކަންފަތުލާއެއްޗިހި ކޮންމެ ކަހަލަ ހެދުމަކާއިއެކު ވެސް ރީތިވާނެ އެވެ.
މިބައްޓަމަށް މޫނު ހުންނަ މީހުންނާއި އެކި ޝޭޕްތަކަށް އެކި ޑިޒައިންތަކަށް ހުންނަ ކަންފަތުލާ އެއްޗިސް ގުޅޭނެ އެވެ. ސަބަބަކީ އެމީހުންގެ ނިތްކުރި އާއި އެއްވަރަށް ކޮލުގެ ކަށިގަނޑުވެސް ބޮޑުވެފައި ފުޅާކަމަށް ދައްކާތީ އެވެ. އަދި ކޮލުން ފެށިގެން ދަތްދޮޅި އާއި ހަމައަށް ހިމަވުމުން މޫނު އޯވަލް ޝޭޕްކަމަށް ދައްކަ އެވެ. ތިއީ މިފަދަ ބައްޓަމަކަށް މޫނު ހުންނަ އަންހެނެއް ނަމަ ދިގުކޮށް އަދި ކުރުކޮށް ހުންނަ ހުރިހާ ޑިޒައިންތަކެއްގެ ފަށް ގުޅޭނެ އެވެ. އެހެންކަމުން މިއީ ކުރިން ތިމަންނަ އާއި ކުރު ނޫނީ ދިގު ފަށް ނުގެޅޭނެ ކަމަށް ބުނަމުން އައި އޯވަލް ޝޭފަށް މޫނު ހުންނަ މީހުންނަށް އުފާވެރި ހަބަރެއްތާ އެވެ.މީގެއިތުރުންވެސް ކަންފަތުލާ އެއްޗިއްސަށް ބަލާއިރު ވީހާވެސް ދިގުކޮށް އަދި އެކި ޑިޒައިންތަކަށް ހުންނަ ޑޭންގްލާސް ނުވަތަ ބޮޑު ބޮޅު ގުޅޭނެ އެވެ. ބޮޑުކޮށް އެލިފައި ހުންނަ ކަންފަތުލާ އެއްޗިސް ޗޫޒްކުރާ އިރު އެކު ޑިޒައިންތަކަށް އެކި ބައްޓަމަށް ދާ އެއްޗިސް ބޮޑަށް ބޭނުންކުރާށެވެ.
ހަތަރެސްކަން ބައްޓަމަށް މޫނު ހުންނަ ނަމަ ގަހަނާ ގަންނައިރު އެންމެބޮޑަށް ބަލަން ޖެހެނީ މޫނުގެ ދިގު މިނަށެވެ. މިބަށްތަމަށް މޫނު ހުންނަ މީހުންނާއި އެންމެ ގުޅެނީ ޗޮކާ ނެކްލެސް ނުވަތަ ވީހާވެސް ބޮޑަށް ކަރަށް މެހިފައިވާ ގޮތަށް ހުންނަ ނެކްލެސް އެވެ. އަދި ކަންފަތުލާ އެއްޗަށް ބަލާއިރު ވީހާވެސް ކުރުކޮށް ނުވަތަ ވަށްކޮސް ހުންނަ ސްޓަޑް ކަހަލަ އެއްޗިސް ގުޅޭނެ އެވެ.އެގޮތުން ވީހާވެސް ވަށްކޮށް ހުންނަ އެއްޗިހި މިބައްޓަމުގެ މޫނާއި ގުޅެނީ ނިތްކުރިއާއި ކޮލާއި އަދި ދަތްދޮޅި ދާދިއެއްވަރަކަށް ފުޅާވުމުންނެވެ.
އެހެން ބައްޓަމަށް ހުންނަ މޫނުތަކާއި ހިލާފަށް މިބައްޓަމަށް މޫނު ހުންނަ މީހުންގެ ދަތްދޮޅި ނިތްކުރިއަށް ވުރެން ހިމަވުމުން ކުރުކޮށް ހުންނަ ފަށް ނުވަތަ ޗޯކާ ނެކްލެސް އެޅުމުން މޫނު ތަންކޮޅެއް ވަށްކަމަށް ދައްކާނެ އެވެ. އަދި ކަންފަތުލާ އެއްޗިއްސަށް ބަލާއިރު ޑޭންގްލާސް އާއި ޓިއާ ޑްރޮޕް އިއަރިންގުން އިތުރު ފުރިހަމަކަށް މޫނުމަތިން ފެންނާނެ އެވެ. މިގޮތަށް ދިގުކޮށް ހުންނަ ކަންފަތުލާ އެއްޗިސް ގަންނައިރު އެންމެ ބޮޑަށް ބަލަންވީ ސިލިންޑްރިކަލް ޝޭޕަށް ނުވަތަ ޓްރެއިންގިއުލާ ޝޭޕަށް ހުންނަ ދިގު ކަންފަތުލާ އެއްޗިހި ހިޔާރުކުރުމަށެވެ.
މަތީގައި ފާހަގަކޮށްފައި އެވަނީ ކޮންމެ މީހެއްގެވެސް މޫނާއި ގުޅޭނެ ގޮތަށް ގަހަނާ އެޅިދާނެ ގޮތްތަކެވެ. މިފަދަ ކުދި ކަންތައްތަކުން މިހާ އިތުރަށް ރީތިކަމަށް ފެނިލުމަށް އެހީވެދޭނެ ކަންކަމެވެ.