ވިޔަފާރި

ވިހިވިއްސަށް މަރުހަބާ ކިޔަން ދާންވީ ކްރޮސްރޯޑަށް!

Dec 22, 2019
5

މަޖާ ކޮށްލަން ގްރޫޕާއެކު ދާނެ މާގިނަ ތަންތަނެއް ވެރިރަށް މާލެ އަކުނެތެވެ. ނަމަވެސް އެކަމަށް މިހާރު މި އޮތީ ހައްލެކެވެ. އެއީ މާލެ ކައިރީ، އެނބޫދޫ ފަޅުގައި ހުޅުވި ކްރޮސްރޯޑްސް އެވެ. ކްރޮސްރޯޑްގައި އާއިލާ އާއި ރަހުމަތްތެރިން އެކުގައި ގޮސް މަޖާ ކޮށްލެވޭނެ ވަސީލަތް އެ ވަނީ ގާއިމްކޮށްފައެވެ ހާއްސަކޮށް "ވިހިވިއްސަށް އަލިވިލެން" ތައްޔާރުވާއިރު، ކްރޮސްރޯޑުގެ، މެރީނާ މޯލްޑިވްސް ވަނީ އައު އަހަރަށް މަރުހަބާ ކިޔަން ފުރިހަމަައަށް ތައްޔާރުވެފައެވެ.

ދަ މެރީނާ މޯލްޑިވްސް 2020 ގެ ނަމުގައި މިހާރު ވަނީ ހާއްސަ ކައުންޑައުން އެއްވެސް ފަށާފަ އެވެ. މިމަހުގެ 21 އިން ޖެނުއަރީ 12 ގެ ނިޔަލަށް ކުރިއަށް ގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ރާއްޖޭގައި މުޅިން އަލަށް މުޅިން ތަފާތު ގޮތަކަށް މެރީނާ ސަރަހައްދު ކުލަ ކުލައިގެ ލައިޓް ތަކުން ދިއްލާލާނެއެވެ. މީގެ އިތުރުން މިއުޒިކުގެ ތަފާތު ހަރަކާތްތައް އެ ތަނުގައި ކުރިއަށް ދެ އެވެ.

މި ހާއްސަ އިވެންޓު ކުރިއަށްދާއިރު ތަފާތު ހަދިޔާތައް ލިބޭނެ ޕްރޮމޯޝަންތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހާއްސަ ސަޕްރައިޒް ހަދިޔާ ތަކެއް ވެސް ކްރޮސްރޯޑަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.

ކްރޮސްރޯޑް މޯލްޑިވްސްގައި ތަފާތު ކެއިން ބުއިމުގެ ރެސްޓޯރެންޓްތައް ހުރެ އެވެ. އޭގެތެރޭގައި ދުނިޔެ އަށް މަޝްހޫރު ފްރެންޒައިޒްތައް ކަމަށްވާ ހާޑްރޮކް ފަދަ ބްރޭންޑުތައް ހިމެނެ އެވެ.