އެނބޫދޫ ލެގޫން

އެނބޫދޫ ފަޅު ޖޭޑަބްލިއު މެރިއޮޓްގެ ބިންގާ އަޅައިފި

Oct 6, 2021

އެނބޫދޫ ފަޅުގައި ތަރައްގީ ކުރާ ޖޭޑަބްލިއު މެރިއޮޓުގެ އާ ރިސޯޓުގެ ބިންގާ އަޅައިފި އެވެ.

އެނބޫދޫ ފަޅުގައި މި މަޝްރޫއު ކުރިއަށް ގެންދަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ހިމާ ހޯލްޑިންގްސް އާއި ސްރީލަންކާގެ ސަންކެން ގްރޫޕް އަދި ސިންގަޕޫރު ހޮސްޕިޓާލިޓީ ހޮލްޑިން އިން ގުޅިގެންނެވެ.

"ޖޭޑަބްލިއު މާލެ އެޓޯލް" ގެ ނަމުގައި ތަރައްގީ ކުރާ ޖޭޑަބްލިއު މެރިއޮޓް ބްރޭންޑްގެ މި ރިސޯޓަކީ 80 ވިލާގެ ލަގްޒަރީ ރިސޯޓެކެވެ. މި ރިސޯޓު ހުޅުވަން ހަމަޖެހިފައި ވަނީ 2023 ގަ އެވެ.

ޖޭޑަބްލިއު މެރިއޮޓްއަކީ އެމެރިކާގެ މެރިއޮޓް އިންޓަނޭޝަނަލްގެ އެންމެ މަތީ ފަންތީގައި ހިމެނޭ އެއް ބްރޭންޑެވެ. މި ބްރޭންޑުން ށ. ވަގަރުގައި ވެސް ޖޭޑަބްލިއު މެރިއޮޓްގެ ރިސޯޓެއް ހިންގަ އެވެ.