ވިޔަފާރި

ބޮޑު މަރާމާތަކަށްފަހު ހަކުރާ ހުރާ ހުޅުވައިފި

Dec 23, 2019
4

ސްރީ ލަންކާގެ ޖޯން ކީލްސް އިން މ. އަތޮޅުގައި ހިންގާ، ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓް ބޮޑު މަރާމާތަކަށް ފަހު އަލުން ހުޅުވައިފި އެވެ.

ރާއްޖޭގެ ތްރީއޭ ކުންފުނީގެ، ހަކުރާ ހުރާ ރިސޯޓް، ބޮޑު މަރާމާތަކަށްފަހު އަލުން ހުޅުވާފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

ހަކުރާ ހުރާ އަލުން ހުޅުވިއިރު، މައި ރަށާއި އެ ރަށާ އިންވެގެން ހަދާފައިވާ މައި އައިލެންޑް ވަނީ ވޯކްވޭއަކުން ގުޅާލާފަ އެވެ.

މި ރަށް އަލުން ހުޅުވިއިރު ގެނެސްފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި ކުރިން މައި ރަށުގައި ހުރި ބީޗު ކޮޓަރިތަކާއި 70 މޫދު ކޮޓަރި އަލުން ފަރުމާ ކުރުން ހިމެނެ އެވެ. މިއާއެކު ރަށުގެ ޖާގަ ވަނީ ބޮޑުތަން އިތުރުވެފަ އެވެ. އަދި އަލަށް ދެ ރެސްޓޯރެންޓާއި ޕޫލްބާއެއް ހަދާފައިވެ އެވެ.

މީގެ އިތުރުން "އެޑަލްޓް އައިލެންޑް" އެއް ހަދާފައިވެ އެވެ. ރަށާ ގުޅާލާފައިވާ މި ޕްރައިވެޓް އައިލެންޑުގައި 20 ޕްލެޓިނަމް ބީޗު ވިލާ ހުރެ އެވެ.

ލަންކާގެ އެންމެ ބޮޑު ހޮޓެލް ޗެއިން ކަމަށްވާ ޖޯންސް ކީލްސް ކުންފުނިން ރާއްޖޭގައި ހަތަރު ރިސޯޓް ހިންގަ އެވެ.