ހަބަރު

ޕާމް ބީޗު ރިސޯޓުގެ ގުދަނެއްގައި ރޯވެއްޖެ

Dec 25, 2019
1

ޅ. އަތޮޅު ޕާމްބީޗް އައިލެންޑް ރިސޯޓުގެ ގުދަނެއްގައި ރޯވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ ޕާމް ބީޗް ރިސޯޓުގައި މިރޭ 22:54 ހާއިރު ރޯވެފައި ވަނީ ހިކިފަން ރައްކާކޮށްފައި ހުރި ގުދަނެއްގައި ކަމަށެވެ. މި ހާދިސާ މެދުވެރިވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

އެ މައުލޫމާތު އެމްޑީއެންއެފަށް ލިބުމުން އެ އަތޮޅު ނައިފަރުގައި ހުންނަ ފަޔާ ސްޓޭޝަންގެ ސިފައިން ކުރި މަސައްކަތުން މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެމްއެންޑީއެފްގެ އިސް ތަރްޖަމާން ވިދާޅުވީ އަލިފާނުގެ ސަބަބުން ގުދަނުގެ ދެބައިކުޅަ އެއްބައި އެއްކޮށް އަދާފައިވާ ކަމަށެވެ. އަދި އަލިފާން ނިއްވާލާފައިވަނީ އެ ރިސޯޓްގެ މުވައްޒިފުން ކަމަށް އާޒިމް ވިދާޅުވިއެވެ.