އެމްއާރުއެމް

އެމްއާރްއެމްގެ ޓިކެޓަށް އެދެން ހުޅުވާލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ފަރާތުން ވާދަ ކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.

އެމްއާރްއެމުން ނެރުނު ބަޔާނެއްގައި ބުނީ 2020 ގައި އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްއާރްއެމްގެ ފަރާތުން ވާދަ ކުރަން ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ޕާޓީގެ ޓިކެޓުގައި ކައުންސިލް އިންތިޚާބުގައި ވާދަ ކުރަން ބޭނުންވާނަމަ، ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑު ނަންބަރާއި ވާދަ ކުރަން އެެދޭ ކައުންސިލްގެ ނަން ޖެއްސެވުމަށް ފަހު އެ ޕާޓީއާއި ހިއްސާ ކުރަން ވެސް އެދިފައި ވެއެވެ.

ރައީސް މައުމޫން އިސްކޮށް ހުންނަވާ އުފެއްދެވި އެމްއާރްއެމަކީ އެންމެ ފަހުން ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.