ރައީސް މުހައްމަދު ނަޝީދު

އެމްއާރްއެމަށް ހައުސިން ދިނުންވީ ދަންތުރައަކަށް: ނަޝީދު

ކުރީގެ ހައުސިން މިިނިސްޓަރު އާތިފާ އާއި ރައީސް ނަޝީދު އަދި ރައީސް މައުމޫން
20%
20%
60%

މި ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު ހައުސިން މިނިސްޓްރީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އާ ހަވާލު ކުރުމަކީ "ދަންތުރަ" އެއްގެ ގޮތުގައި އެމްޑީޕީގެ ރަައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިފަ ކުރައްވައިފި އެވެ.

މިއަދު އެމްޑީޕީގެ މާފަންނު ޖަގަހަ ހުޅުވަން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މާލޭގައި އަކަ މީޓަރެއްގައި ދިރިއުޅޭ އެތައް އާއިލާއެއް އެބަތިބި ކަމަަށާ އެފަދަ މީހުން އެންމެ ގިނައީ މާފަންނުގައި ކަމަށެވެ.

މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާ ނަޝީދު މިއަދު ވެސް ވިދާޅުވީ މާލެ ރައްޔިތުންނަށް ގެދޮރުވެރިކަން ހޯދައި ދިނުމަކީ އެމްޑީޕީ އުފެދިގެން އައި ހަގީގީ އަސާސް ކަމަށެވެ. ރައްޔިތުން އުޅޭ ބިކަ ހާލެއް އެންމެ ހިނދު ކޮޅަކަށް ވެސް ކައްސާ ނުލައްވާ ކަމަށެވެ.

އެއަށްފަހު މުޅީން ވާހަކަ ބަދަލު ކޮށްލައްވާ ގެދޮރުވެރިކަމުގެ ވައުދު ނުފުދި އޮތް ގޮތުން ނަޝީދު ވަނީ އެމްއާރްއެމްގެ ބޮލުގައި އަޅުވާފަ އެވެ. ވިދާޅުވީ ސަރުކާރުގެ ފުރަތަމަ އަހަރު ދިޔައީ ހައުސިން އެމްއާރްއެމްގެ އަތުގައި އޮވެ ކަމަށެވެ. އެއީ "ދަންތުރަ" އެއް ކަމަށް ވިދާޅުވެ އެކަމުން މިހާރު އަރައިގަނެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ މި ސަރުކާރުގެ ފުރަތަމަ އަހަރު ނިމިދިޔައީ އެމްއާރުއެމްގެ ބޭފުޅަކު، ރައީސް މައުމޫންގެ ފަރާތުން ވަޑައިގެން ހުންނެވި ބޭފުޅަކު ހައުސިން މިނިސްޓަރު ކަމުގައި ހުންނަވާ. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެނިފެސްޓޯގައި ވަރަށް ސާފުކޮށް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ތަސައްވުރެއް އަދި ހިނގާންޖެހޭ އިޖުރާއަތްތަކެއް މާކުރީގައި ވެސް ބަޔާންކުރި، މާ ސާފުކޮށް ކިޔާދިން. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ދުވަސްކޮޅެއް ނެތި އެ 'ދަންތުރަ' އިން އަރައިގަތުމަށް. އިރާދަކުރައްވައިގެން ހައުސިން މިނިސްޓަރު ބަދަލުވެއްޖެ. މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހައުސިން މިނިސްޓަރަކަށް އެ ހުންނެވީ އެމްޑީޕީގެ ހައުސިން މިނިސްޓަރެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މާލޭގައި ބޯހިޔާވަހިކަން ބޭނުންވާ 17،000 އާއިލާއެއް އެބަތިބި ކަމަށާ އެ އާއިލާތައް ސަރުކާރުން ތިން ގިންތި އަކަށް ފެތޭ ކަމަށެވެ. ނަޝީދު މިއަދުވެސް ވިދާޅުވީ ބޯހިޔާވަހިކަން ހައްލު ކުރުމަށް ރައީސް ސޯލިހް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާ އެ މައްސަލަ އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެވެ.

ހަތަރު ޕާޓީ ހިމެނޭ މި ސަރުކާރު ވުޖޫދުވެ ހައުސިން މިނިސްޓްރީ ހަވާލުކުރީ ރައީސް މައުމޫންގެ އެމްއާރްއެމްއަށެވެ. މިނިސްޓަރަކަށް ވަޑައިގެންނެވީ އާމިނަތު އާތިފާ ޝަކޫރެވެ. އެމްޑީޕީގެ ޕީޖީ މެންބަރުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް އެކަމަނާއަށް އަމާޒުވި އެވެ. ސިއްހީ ހާލުކޮޅު ގޯސްވެފައިވާ ކަމަށް ވިދާޅުވެ އާތިފާގެ އިސްތިއުފާ ކުއްލި ގޮތަކަށް އައީ ޖޫން 10، 2020 ގައެވެ. ނަމަވެސް އިސްތިއުފާގެ ފަހަތުގައި ގިނަ ކަންތައްތަކެއް ފޮރުވިފައިވާ ކަމަށް ބުނެވެ އެވެ.

އާ ހައުސިން މިނިސްޓަރަކަށް ބޭފުޅަކު ހަމަޖައްސަން ރައީސް މައުމޫން ދެތިން ބޭފުޅަކާ މަޝްވަރާ ކުރައްވާ ނަމެއް ފައިނަލްކޮށް ފޮނުވަން ތައްޔާރުވެފައި ވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކުއްލި ގޮތަކަށް އެ މިނިސްޓްރީ އުވާލައްވާފަ އެވެ. އެއީ ޖޫން 11، 2020 ގައެވެ. ރައީސް ސޯލިހު ނިންމެވީ ހައުސިން މިނިސްޓްރީ އުވާލައި، ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ނަން ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ބަދަލު ކުރައްވާށެވެ.

12 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފޯނުބިލުވަގު

ދަންތުރަ ނެއްޓިތާ އެތައް ދުވަހެއް. އޭގެފަހުން އަނދަގޮނޑީގަ. ދުނިޔޭގަހުރި އެންމެ ނާގާބިލު އިންސާނާ ބޮލަށް ޖަހާފަ ތިތިބެނީ މޮޅު ބައިސާ ބުނަން. އެފަކީރަށް ވާކަމެއް ކުރެވޭ ކަމެއް ހަރާމުންހަރާން.

އަލި

މައުމޫނުމެން އަމިއްލަ ލެއާއި ދެކޮޅަށް މިފަދަ ދެފުއްދެގޮތް ބައެއްގެ ފަހަތަށް ވަދެގެން އުޅޭތީ މަހަމަ ހައިރާއްވެ އަންތަރީސްވޭ.

ނލމ

ހަގީގަތަކީ އަސްލަމް އަށް ލިބުނު އިރު ގިނަ މަސައްކަތްތަކެއް ކަރުދާހުގައި ކުރެވިފައިވާކަން. އާތިފާގެ ހިންގުން ރަނގަޅު. އަސްލަމް ގޯސް. އަސްލަމްގެ މައްސަލައަކީ ޕާޓީގެ މެނިފެސްޓޯ އަށް ނުބަލައި އޭނަގެ އަމިއްލަ ވިސްނުމަށް ކަންތައް ކުރުން. އޭނަ ފްލެޓް އަޅާކަށް ނޫޅޭ. އަންނި މީ ތެދު.

ފިޔާޒާ

އަންނިގެ ބޮލުގަ ތެއްކަމެއް ހުންނާނީ ކޮންދުވަހަކުން

ޖެހިފަ ތިއޮތީ ދެން ލަލަލަލަ

އަސްލު ދަންތުރަ އެއްގަ ޖެހުނީ ކަލޭ.ކުރަން ނޭނގޭ ކަންކަމައް ބޯކޮއްޕައި އަތުން ބީވެގެން ދިއުމައްވުރެއް ބޮޑު ދަންތުރަ އެއް އެބައޮތްތަ

ފޮޅި

މިހިރަ ނަޝީދެއް

އަދުރޭ

ކޮންމެ އިންތިޚާބެއް ބޯމަތި ވުމުން އަބަދުވެސް ބުއްޅަބޭ މައުމޫނޭ މައުމޫނޭ ގޮވަގޮވާ ބާވެއްޖެ. ބަޔަކު އަޅައި ނިންމާފައި ހުރި ފްލެޓްތައް އެމްޑީޕީ ހައުސިން މިނސްޓަރަށް އޭގެ ޙައްޤުވެރިންނާ ހަވާލު ނުކުރެވިގެން މައުމޫނާ ހުރެދޯ. ހަމަޖެހޭ ވާހަކައެއް ދައްކަން ނޭގެންޏާ ރިބަން ފަށް ކަނޑާލާފައި ވާހަކަ ނުދައްކާނީ.

ރާއްޖެ

އެމްޑީޕީ އަސްލަމު މިވީހާތަނަށް ކުރި މަސައްކަތެއް ނެތް ފެންނާކަށް. ސުމެއްގެ ވަޒީރެއް އެއީ.

ކިނބޫ

ބަރާބަރު ވާހަކައެއް

ޛުލް

ޙެރިޓޭޖް މިނިސްޓްރީ ޔުމްނާއައް ދިނުންވެސް ހަމަ އެފަދަ. ޢަވަހައް ސަލާމަތް ކޮއްދީ

ކާކާ

މިފެންނަނީ ކެނެރީގޭ ނަސީދުގެ ނުބައި ނުލަފާކަން. މި ގޮތެއްފޮތެއް ނެތް މަކަރުވެރިޔާގެ ކިބައިން މިގައުމުގެ ޒުވާން ޖީލް ސަލާމަތް ކުރައްވާށި

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345