ހަބަރު

ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ މިރޭ ބޮޑުތަކުރުފާނު މަގުގައި ހިނގި ހާދިސާއެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. އަދި ޒަހަމްވި މީހާ މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ކާނިވާ ސަރަހައްދުގައި އޮއްވާ ފުލުހުންނެވެ. ފުލުހުން ބުނީ ޒަހަމްވެފައިވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާއަށް ހަމަލާދިނީ އޭނާގެ އަތުން ފޭރެން މަސައްކަތް ކުރި މީހެކެވެ.

"އޭނާއަށް އަނިޔާ ލިބިފައިވަނީ އޭނާގެ ވޮލެޓް ފޭރުމުގެ ތެރޭގައި. އޭނާގެ އަތުގެ ކުޑަ ހުޅުން މަތިން 2-3 އިންޗިވަރު ފުންކޮށް ކަފާލާގައިވޭ." ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

އެ މީހާއަށް ފަރުވާ ދެމުންދަނީ އައިޖީއެމް ހޮސްޕިޓަލްގައެވެ.

ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައިވާއިރު މިމަހުގެ ހަތަރުވަނަ ދުވަހު ހުޅުމާލޭގައި މީހަކަށް ވަޅިން ހަމަލާދީ މަރާލާފައި ވެއެވެ. އެ މީހާ މަރާާފައިވަނީ އޭނާގެ އަތުން ފޭރެން މަސައްކަތް ކުރި 21 އަހަރުގެ ޒުވާނެކެވެ.