މޯލްޑިވްސް ޕޮލިސް ސާވިސް

12 ޕިކަޕް ބެޓެރީ ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

ބާރަ ޕިކަޕް ބެޓެރީ ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 6:54 ހާއިރު ފަރީދީ މަގާއި ޗާންދަނީ މަގު ގުޅޭ ހިސާބުން ދުއްވާފައި ދިޔަ ޕިކަޕެއްގައި ތިބި ބަޔަކާމެދު ތުހުމަތު ކުރެވިގެން އެމީހުން ހުއްޓުވުމަށްފަހު ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ބަލައި ފާސްކުރި އިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 12 ޕިކަޕް ބެޓެރީ ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ، މާކަރީލައިޓް، އަލީ އަހްސަން (32އ) އާއި ސ. ފޭދޫ، އަނަސް، މުހައްމަދު ނީޒާދު (43އ) އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.