މޯލްޑިވްސް ޕޮލިސް ސާވިސް

އަނިޔާތަކަކާއެކު އޮތް މީހަކު މާލޭ މަގުމަތިން ފެނިއްޖެ

އަނިޔާތަކަކާއެކު އޮތް މީހަކު މާލޭ މަގުމަތިން ފެނިއްޖެ އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި މަޖީދީމަގު "ސޮރީ ބޯއިސް" ފިހާރަ ކުރިމަތީގައި އަނިޔާތަކެއް ލިބިފައި އޮތް ފިރިހެނަކު އޮތް ކަމުގެ ރިޕޯޓް ލިބުނީ ރޭ 1:25 ހާއިރު އެވެ.

އެއީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އެ މީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިން ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު އެ މީހާ މިއަދު ހެނދުނު 6:19 ހާއިރު ވަނީ ދޫކޮށްލާފަ އެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު އެ މީހާއަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.