ހަބަރު

މާލޭގައި މީހެއް ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި

Jan 3, 2020
7

މާލޭގައި މާރަމާރީ ހިންގައި މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ މާފަންނު ހިލާލީ މަގުގައި ބަޔަކު ހަމަނުޖެހުން ހިންގާ ކަމަށް މިއަދު 4:40 ހާއިރު ފުލުހުންގެ ސީސީޓީވީ ކެމެރާއަކުން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެކަން ބެލި އިރު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި އަނިޔާ ލިބުނު މީހާއަށް އައިޖީއެމްއެޗް އިން ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެ މާރަމާރީގައި އަނިޔާ ލިބިފައި ވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާގެ އަރިކައްޓަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ. ފުލުހުން އެކަން ތަހުގީގު ކުރަމުންނެވެ.