މާލޭ ސިޓީ

އިމާރާތަކުން ވެއްޓުނު މީހަކަށް ފަރުވާ ދެނީ

މާލޭގެ އިމާރާތަކުން ވެއްޓުނު މީހަކަށް ފަރުވާދޭން ފަށައިފި އެވެ.

އެނގިފައިވާ ގޮތުން އެ މީހާ ވެއްޓިފައިވަނީ އިމާރާތެއްގެ ފަސްވަނަ ފަންގިފިލާއިންނެވެ.

އެ މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ މީހާގެ ހާލަތު އެނގޭނީ ޑޮކްޓަރުން ބެލުމަށްފަހު އެވެ.

ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެ މީހާ ވެއްޓުނީ ވައްކަން ކުރުމަށްފަހު ފިލަން އުޅުމުގެ ތެރޭގަ އެވެ.

އިމާރާތްތަކުން މީހުން ވެއްޓުމުގެ ހާދިސާ ދޭތެރެ ދޭތެރެއިން ހިނގަ އެވެ.

އެ ގޮތުން މާލޭގައި މިމަހުގެ 13 ވަނަ ދުވަހު އިމާރާތެއްގެ ނުވަ ވަނަ ފަންގިފިލާއިން މީހަކު ވެއްޓުނެވެ. އެ މީހާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.