މާލޭ ސިޓީ

އިމާރާތަކުން ވެއްޓުނު މީހަކަށް ފަރުވާ ދެނީ

މާލެ -- ފޮޓޯ: އަވަސް
0%
0%
0%

މާލޭގެ އިމާރާތަކުން ވެއްޓުނު މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިިފި އެވެ.

ފުލުހުން ބުނި ގޮތުގައި އެ މީހާ ވެއްޓިފައިވަނީ ޗާންދަނީމަގުގައި ހުރި އިމާރާތެއްގެ މަތިންނެވެ.

މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު 10:30 ހާއިރު ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެ މީހާ ވެއްޓިފައިވަނީ އިމާރާތުގެ ނުވަ ވަނަ ފަންގިފިލާއިން ސިޑިގޮޅިން އެންމެ ތިރިއަށް ކަމަށް އެނގިފައިވާ ކަމަށެވެ.

"އެއީ އިންޑިއާގެ 20 އަހަރުގެ ފިރިހެނެއް. އޭނާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗް އިން ފުލުހުންނަށް މައުލޫމަތު ދީފައިވޭ،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.

އޭނާއަށް ލިބުނު އަނިޔާގެ ތަފުސީލު އަދި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345