ކުށްކުރުން

ބެލްކަންޏެއް ވެއްޓި ވަގަކަށް އަނިޔާވެއްޖެ

މާލޭގެ ގެއެއްގެ ބެލްކަނިން ބައެއް ވެއްޓި އެގެއަށް ވައްކަންކުރަން ވައިން މީހަކަށް އަނިޔާވެއްޖެ އެވެ.

މާފަންނުގައި ހުރި ގެއެއްގެ ބެލްކަންޏާއިއެކު މީހަކު ވެއްޓިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 11:29 ހާއިރު އެވެ.

ބެލްކަނި ވެއްޓުނީ އޭނާ ވައްކަން ކުރުމަށްޓަކައި އެގެއަށް ވައިން މީހާ ފުންމާލުމުގެ ތެރޭގައި ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.