ހަބަރު

މާލޭގައި ދެ މާރާމާރީއެއް

Jan 31, 2021
7
0%
0%
0%

މާލޭގައި މިރޭ ދެ މާރާމާރީއެއް ހިންގައިފި އެވެ.

ފުރަތަމަ މާރާމާރީ ސަލްމާން މިސްކިތް ކައިރީންނެވެ. އަނެއް މާރާމާރީ އަސަރީ ހިނގުމުގަ އެވެ.

ފުލުހުން ބުނީ ހެންވޭރު ސަމާން މިސްކިތް ކައިރިން މިރޭ 7:35 އެހާކަންހާއިރު މާރާމާރީއެއް ހިންގާފައިވާ ކަމަށާއި އެ ރިޕޯޓް ލިބުމާއެކު އެކަން ބަލަމުން ގެންދާ ކަމަށެވެ.

ދެވަނަ މާރާމާރީއެއް ހިންގީ އަސަރީ ހިނގުމުގައި 9:22 ގަ އެވެ. އެ މާރާމާރީގައި ތޫނު އެއްޗަކުން މީހަކަަށް ހަމަލާދީ ޒަހަމްކޮށްލާފައި ވެ އެވެ. ޒަހަމްކޮށްލާފައި ވަނީ 36 އަހަރުގެ ފިރިހެނެކެވެ. އޭނާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ،

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345