މާރާމާރީ ހިންގުން

މާލޭގައި ރޭ ހަތަރު މާރާމާރީ، ހަ މީހުން ޒަހަމް

ފުލުހުން ކްރައިމް ސީންއެއްގައި ހަރަކާތްތެރިވަނީ: ދުވަސްތަކަކަށް ފަހު ރޭ މާލޭގައި ވަނީ ހަތަރު މާރާމާރީއެއް ހިންގާފައި -- ފޮޓޯ: އަވަސް
0%
100%
0%

ވެރިރަށް މާލޭގައި ގްރޫޕް މާރާމާރީތައް މަދުވެފައި އޮތުމަށް ފަހު ރޭ މާލޭގައި ހަތަރު މާރާމާރީއެއް ހިންގައި ބަޔަކު ޒަހަމްކޮށްލައިފި އެވެ.

ރޭ ވިލިމާލޭ ފެރީ ޓާމިނަލް ކައިރީން 11:26 އެހާކަންހާއިރު ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި ތިން މީހަކު ޒަހަމްކޮށްލާފައި ވެއެވެ. އޭގެ ތެރެއިން ދެ މީހަކަށް އައިޖީއެމްއެޗްގައި އެކަކަށް އޭޑީކޭގައި ފަރުވާ ދިން އިރު އެ މައްސަލައާ ގުޅިގެން ކުޑަ ތިން ކުއްޖަކު ހިމެނޭ ގޮތަށް ފަސް މީހަކު ހައްޔަރު ކޮށްފައި ވެއެވެ.

ރޭ ދަންވަރު ހިންގި އެހެން މާރާމާރީއެއްގައި މީހެއްގެ ބޯ ފަޅާލާފައި ވެއެވެ. ފުލުހުން ބުނީ އެ މާރާމާރީގައި ޒަހަމްވި މީހާ ފެނުނީ ދަންވަރު 1:32 ކަންހާއިރު ގ. މުތީގޭ ގޯޅިތެރެއަށް ވެއްޓިފައި އޮއްވާ ކަމަށެވެ. އޭނާއަށް ވެސް ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދީފަ އެެވެ.

ދަންވަރު އެ މާރާމާރީ ހިންގުމުގައި އުޅުނުކަމަށް ބެލެވޭ މީހުން ދުއްވި ކަމަށް ޝައްކުވާ ސައިކަލްތަކެއް ފުލުހުން ވަނީ ޓޯކޮށްފަ އެވެ.

ރޭ އިރާކޮޅުގެ މާލޭގެ އަސަރީ ގޯޅީގައި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލާފައި ވެއެވެ. އެ ހަމަލާގައި ޒަހަމްވި މީހާއަށް ވެސް ފަރުވާ ދޭން ގެންދިޔައީ އައިޖީއެމްއެޗަށެވެ.

މީގެ އިތުރުން ހެންވޭރުގައި ހުންނަ ސަލްމާން ރަސްގެފާނު މިސްކިތް ހިމެނޭ ހިސާބު ފުޓްސަލް ދަނޑުގެ ކައިރީގައި މާރާމާރީއެއް ހިންގި އެވެ. އެ މާރާމާރީގެ ތަފްސީލު ފުލުހުން ދީފައެއް ނުވެ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ގައްބެ

ހާދަ ދެރައޭ

ރޮއްޓެއް

ތިޔައީ ޢައްމު ކަމެއް ކަންމަތީ ތިބެނީ ރީއްޗަކަށް ނޫން ކަންމަތީ ތިބެގެން ވިއްކަނީ މަސްތުވާ ތަކެތި

ފަރާޓާ

ރޮއްޓޭ. ޢެކުދިން އެވިއްކަނީ މަސްތުވާ އެއްޗެއްނޫނޭ . .އެކުދިން އެވިއްކަނީ .. މިަގުމަތީގައި ..އުޅޭނެ .. ބަލިކުދިންކޮޅެއް .. އެކުދިންނައް . ބޭސް ކޮޅު ކޮޅު . ޢެވިއްކަނީ ... ޙެޔޮވެސް .. ނުވާނެ އެއނޫން. . ތިޔަފަފަ ... ޢިލްޒާމެއް .. އެކުދިންގެ ބޮލުގަ .. އަޅުވަން .😆😆😆😆

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345