މޯލްޑިވްސް ޕޮލިސް ސާވިސް

މާރާމާރީ ހިންގައި މީހަކަށް އަނިޔާކޮށްފި

ފުލުހުންގެ މައި މަރުކަޒު
0%
0%
0%

މާލޭގައި މާރާމާރީ ހިންގައި މީހަކަށް އަނިޔާ ކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު އާރްޑީސީގެ މުވައްޒަފަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށާއި އެ މައްސަލަ މިއަދު ހެނދުނު ހުށަހެޅުމުން ބަލަމުން ގެންދާ ކަމަށެވެ. އަދި ބުނީ އެ މާރާމާރީ ގައި އެ މީހާއަށް ދިން އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށެވެ.

މި މާރާމާރީއާ ގުޅިގެން 33 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ކާކު ކަމެއް ފުލުހުން ސާފުކޮށެއް ނުދެ އެވެ. ނަމަވެސް އެ މީހާ ހަމަލާ ދީފައި ވަނީ އާރްޑީސީގެ މުވައްޒަދު އެ މީހުންގެ ސައިޓެއްގައި މަސައްކަތް ކުރަން ހުއްޓަ އެވެ.

މާލޭ ސަރަހައްދުގައި މާރާމާރީ ހިންގުމާއި މީހުން ރަހީނު ކުރުން ފަހަކަށް އައިސް ވަނީ ގިނަ ވެފަ އެވެ. ރޭ ވެސް މާލޭ ސަރަހައްދުގައި މީހަކު ރަހީނުކޮށް އަނިޔާކޮށްފައި ވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345