މާރާމާރީ ހިންގުން

މާލޭގައި މާރާމާރީއެއް ހިންގައިފި

Feb 22, 2021
5

މާލޭގައި ރޭ ބަޔަކު މާރާމާރީއެއް ހިންގައިފި އެވެ.

ފުލުހުން ބުނީ ރޭ ހެންވޭރު ބޮޑުފުންގަނޑު މަގުގައި ހަމަނުޖެހުމެއް ހިންގި ކަމަށް ރިޕޯޓް ކުރީ 9:52 ހާއިރު ކަމަށެވެ. އެހެން ނަމަވެސް ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެމީހުން އެތަނުން ގޮސްފައިވާ ފުލުހުން ބުންޏެވެ.

މި މާރާމާރީގައި މީހަކަށް އަނިޔާވި ކަމެއް އަދި މިއީ ކޮން ކަމަކާ ގުޅިގެން ހިންގި ހަމަނުޖެހުމެއް ކަމެއް އެނގިފައެއް ނުވެ އެވެ. ނަމަވެސް މި މާރާމާރީއަކީ ދެ އަންހެނެއްގެ މެދުގައި ހިނގި މާރާމާރީއެއް ކަމަށް ވެއެވެ.