މާރާމާރީ ހިންގުން

މާލޭގެ މަރާމާރީއެއްގައި ދެ މީހެއްގެ ބޯ ފަޅާލައިފި

Oct 19, 2020
1

މިއަދު ހެނދުނު މާލޭގައި މާރާމާރީއެއްގައި ދެ މީހެއްގެ ބޯ ފަޅާލައިފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 7:55 ހާއިރު "ލެ ޓްރެފިކް" ކެފޭ ކައިރިން ދެ ގުރޫޕެއް މާރާމާރީއެއްގައި ހަމަލާ ދިނުމުގެ ސަބަބުން ދެ މީހެއްގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށާއި އެ ދެ މީހުނަށް އައިޖީއެމްއެޗުގައި ފަރުވާ ދީފައިވާ ކަމަށެވެ.

މި ހާދިސާގައި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މާލޭގައި މިއަދު މާރާމާރީއެއް ހިންގި އިރު ރޭ އައްޑޫ އަތޮޅުގައި ވެސް މާރާމާރީއެއް ހިންގައި މީހަކު ޒަހަމް ކޮށްލާފައި ވެއެވެ. އަދި މ. އަތޮޅަށް މަހަށް ގޮސް އުޅުނު ދޯންޏެއްގައި ތިބި ބައެއްގެ ތެރެއިން ދެ މީހަކު ވެސް މާރާމާރީ ހިންގާ ވަޅި ހަރާފައި ވެއެވެ.