ހަބަރު

ވިލާ ކޮލެޖުގެ ކޯސްތަކަށް އެދެން މުއްދަތު އިތުރުކޮށްފި

ވިލާ ކޮލެޖުން އަންނަ ޖެނުއަރީ މަހުގެ ކޯސްތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ވިލާ ކޮލެޖުން ބުނީ ޖެނުއަރީ 2020 އިންޓޭކުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ ފަސް ވަނަ ދުވަހާއި ހަމަޔަށް އިތުރު ކޮށްފައިވާ ކަމަށެވެ.

އެ ކޮލެޖުން ވަނީ މާސްޓާސް ފެންވަރުގެ 12 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ސެޓްފިކެޓް ފެންވަރުގެ ފަސް ކޯހަކާއި، ޑިގްރީ ފެންވަރުގެ 21 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 17 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 14 ކޯހަކާއި އަދި ސެޓްފިކެޓް3 ގެ 12 ކޯހަކާއި ސެޓްފިކެޓް ލެވެލް2 ގެ ދެ ކޯހަކާއި ސެޓްފިކެޓް ލެވެލް1 ގެ ކޯހެއްގެ އިތުރުން މެރިން ސްޓަޑީޒްސް އާއި ވޯޓާ ސްޕޯޓްސްގެ އަށް ކޯސް ފަށަން ނިންމާފަ އެވެ.