ދުނިޔެ

ބޮމުގެ ހަމަލާއެއްގައި ސޯމާލިއާއިން 78 މީހުން މަރުވެއްޖެ

ސޯމާލިއާގެ ވެރިރަށް މޯގާޑިޝޫގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި 78 މީހަކު މަރުވެ 100 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ. ބޮމުގެ ހަމަލާދީފައިވަނީ ޓެކްސް ކަލެކްޝަން ސެންޓަރެއް ކައިރީގަ އެވެ. އެވަގުތު އެ ސަރަހައްދުގައި ގިނަ ބަޔަކު ޓެކްސް ދައްކަން ގޮސްތިއްބެވެ.

ސޯމާލިއާގެ ފުލުހުން ބުނީ، ޒަހަމްވި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ކުޑަކުދިންނާއި ޔުނިވާސިޓީތަކުގައި ކިޔަވަމުންދާ ދަރިވަރުން ކަމަށެވެ. ޓެކްސް ކަލެކްޝަން ސެންޓަރު ހުންނަ ސަރަހައްދަކީ ގިނަ އަދަދެއްގެ ޔުނިވާސިޓީތަކުގެ ބަސްތަށް ދަތުރުކުރާ ސަރަހައްދެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މޯގާޑިޝީ ސިޓީގެ މޭޔަރު ހޮސްޕިޓަލްތަކާ ހަވާލާދީ އަލްޖަޒީރާއަށް ނޫހަށް މައުލޫމާތު ދެމުން ބުނީ، ޒަހަމްވި ގިނަ ބައެއްގެ ހާލު ސީރިއަސް ކަމަށެވެ. އަދި 22 މީހަކު ސަލާމަތް ކުރެވޭނެ ކަމުގެ އުއްމީދު ޑޮކްޓަރުން ކަޑާލައިފައުވުމުން ހަމަލާގެ ސަބަބުން މަރުވި މީހުންގެ އަދަދު 90 އެރުން ގާތް ކަމަށެވެ. ޒަހަމްވި މީހުންގެ ތެރޭގައި ފުލުހުން ވެސް ހިމެނެ އެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޓެރަރިސްޓު ޖަމާއަތަކުން ނުއުފުލަ އެވެ. ނަމަވެސް ސޯމާލިއާގެ ފުލުހުން ވަނީ މިހަމަލާއާ ގުޅިގެން ތުރުކީވިލާތުގެ ތިން އިންޖީނިއަރަކު ހައްޔަރުކޮށްފަ އެވެ. އެއީ ބޮން ހަރުކުރި ކާރުގައި ހަރަކާތްތެރިވަމުން ދިޔަ މީހުންކަމަށް ރެއުޓާސް ނިއުސް އެޖެންސީން ވަނީ ބުނެފަ އެވެ.