ހަބަރު

ޓީއެމްއޭގެ ފްލީޓަށް ދެ ބޯޓު ގެނެސްފި

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ފްލީޓަށް އެއްފަހަރާ ދެ ގެނެސްފި އެވެ.

ޓީއެމްއޭއިން ބުނީ މިދިޔަ ހުކުރު ދުވަހު ދެ ސީޕްލޭން އެއްފަހަރާ ގެނެސްފައިވާ ކަމަށެވެ. އަދި މިއީ އެއްފަހަރާ ދެ ސީޕްލެއިން ގެނައި ފުރަތަމަ ފަހަރު ކަމަށް ވެސް ބުންޏެވެ.

މިދިޔަ ހުކުރު ދުވަހު ޓީއެމްއޭއިން ދެ ސީޕްލޭން ގެނެސްފައިވާއިރު މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ވަނީ ސީޕްލޭނެއް ގެނަ އެވެ. ޓީއެމްއޭގައި ބޭނުންކުރާ ސީޕްލޭންގެ އަދަދު މިހާރު 55 އަކަށް ވަނީ އަރާފަ އެވެ.

އްޖޭގެ 60 އަށް ވުރެ ގިނަ ރިސޯޓަށް ޓީއެމްއޭގެ ސީޕްލޭންތަކުގައި ޓޫރިސްޓުން އުފުލަ އެވެ. ޓީއެމްއޭއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ސީޕްލޭން އޮޕަރޭޓަރެވެ.