ވިޔަފާރި

ދިރާގު މޮބައިލް ޕެކޭޖުތައް ގިންތިކޮށް 40 ޕަސެންޓް އެލަވަންސް އިތުރުކޮށްފި

Aug 26, 2015

ދިރާގު މޮބައިލް އިންޓަނެޓު ޕެކޭޖުތައް ގިންތި ތަކަށް ބަހާލައި، އެލަވަންސް 40 ޕަސެންޓް އިތުރުކޮށްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މޮބައިލް އޮޕަރޭޓަރު ދިރާގުގެ މައި އިމާރާތުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ކުންފުނީގެ މޮބައިލް ޕްރޮޑަކްޓް އެގްޒެކެޓިވް އަހުމަދު އިޝާން ވިދާޅުވީ އެ ކުންފުނީގެ މޮބައިލް އިންޓަނެޓު ޕެކޭޖުތަކަށް ގެނެސްފައިވާ މި ބަދަލާއެކު ޕަވާ ޕްލޭން، ޕަވާ ޕްލަސް ޕްލޭން އާއި ޕަވާ އެކްސްޓްރާ އެވެ.

"މި ގެނެވުނު ބަދަލަކީ ކަސްޓަމަރުންނަށްޓަކައި ގެނެވުނު ހެޔޮ ބަދަލެއް،" އިޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ބަދަލު ގެނައީ ކަސްޓަމަރުން ބޭނުންވާ ޕެކޭޖުތަކަށް ބަލައިގެން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވީ ކަސްޓަމަރުން ބޭނުންވާ ޕްލޭންތައް އިތުރުކޮށްލަން. މި ބަދަލާއެކު ކުރިން ޑޭޓާ އަން ލިމިޓެޑު ޕްލޭންގެ ގޮތުގައި އޮތް ޕްލޭން މިވަނީ ބަދަލު ގެނެސްފަ. ކުރިން 299ރ. އަށް ދޭ ޕްލޭން ވާނީ އެލަވަންސް އިތުރު ކުރެވިފައި،" އިޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކްސެސް ޗާޖުގެ މައްސަލަ ދިވާމާތީ ހާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފައިވާ ކަމަށެވެ.

"މިހާރު ވާނީ ތްރީ ޖީބީ އާއި ފައިވް ޖީބީގެ ދެ ޕްލޭނެއް ވާނީ ތައާރަފުކޮށްފަ،" އިޝާން ވިދާޅުވި އެވެ.

ދިރާގު އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަން އިމްޖާދު އަލީ ޖަލީލް ވިދާޅުވީ ދިރާގު ޕެކޭޖުތައް ގިންތިތަކަށް ބަހާލީ އިންޓަނެޓު ބޭނުން ކުރަން ބޭނުންވާ ފަރާތްތަކަށް ވީހާ ގިނަ "ޗޮއިސް" ދިނުމަށް ކަމަށެވެ.

"އެކި ޑިވައިސް ތަކުން މޮބައިލް ބޭނުންކުރާއިރު ކަސްޓަމަރުންނަށް ގިނަ ޗޮއިސްތަކެއް ލިބޭނެ،" އިމްޖާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕެކޭޖުތަކަށް ގެނެވުނު ބަދަލާއެކު ކަސްޓަމަރުން ބޭނުންވާ ގޮތަށް ޑޭޓާ އެލަވަންސްތައް ވެސް އިތުރުވެފައިވާނެ ކަމަށެވެ.

"ބައެއް ޕެކޭޖުތަކުގެ އެލަވަންސް އިތުރުވެ، މަހުފީވެސް ވާނީ ދަށްކޮށްފަ. މިހާރު ޖީބަށް ލުއި ކަސްޓަމަރުނަށް އިތުރު ފައިދާ ލިބޭ ގޮތަށް ޕެކޭޖުތަކަށް ވާނީ ބަދަލު ގެނެސްފަ،" އިމްޖާދު ވިދާޅުވި އެވެ.